ވިޔަފާރި

މިދިޔަ މަހު އެންމެ ބޮޑު ސާވިސް ޗާޖެއް ދިނީ ވޮއްމުލި ރިސޯޓުން

Aug 7, 2019
3

ރާއްޖޭގެ ރިސޯޓުތަކުގެ ތެރެއިން މިދިޔަ މަހު އެންމެ ބޮޑު ސާވިސް ޗާޖެއް ދީފައިވަނީ، ވޮއްމުލި ރިސޯޓުންނެވެ.

ސާވިސް ޗާޖުގެ މައުލޫމާތު އާއްމުކުރާ މޯލްޑިވްސް ސާވިސް ޗާޖު އަޕްޑޭޓްސްގައިވާ ގޮތުން ދަ ސެއިންޓް ރެޖިސް މޯލްޑިވްސް ވޮއްމުލި ރިސޯޓުން ސާވިސް ޗާޖުގެ ގޮތުގައި ދީފައިވަނީ 725.57 ޑޮލަރެވެ. ބެލެވޭ ގޮތުގައި ސާވިސް ޗާޖު ދަށްވުމުގެ މައިގަނޑު އެއް ސަބަބަކީ ޓޫރިޒަމްގެ އޮފް ސީޒަން ކަމަށްވުމުން ރާއްޖެއަށް އައި ޓޫރިސްޓުންގެ އަދަދު މަދުވެފައިވާތީ އެވެ.

ރިސޯޓުތަކުގެ ތެރެއިން ދެވަނަ އަށް އެންމެ ބޮޑު ސާވިސް ޗާޖެއް ދީފައިވާ ޖުމެއިރާ ވިޓަވެލި ރިސޯޓުން ދީފައިވަނީ 629.53 ޑޮލަރެވެ. އަދި ތިން ވަނައަށް އެންމެ ބޮޑު ސާވިސް ޗާޖެއް ދީފައިވާ ދުސިތު ތާނީ މޯލްޑިވްސް އިން ދީފައިވަނީ 690 ޑޮލަރެވެ.

ރާއްޖެ އަށް މި އަހަރުގެ މިހާތަނަށް 862,589 ޓޫރިސްޓުން އައިސްފައިވާއިރު، ވޭތުވެދިޔަ ދިޔަ ދެ މަސް ދުވަހުގެ ތެރޭގައި ސާވިސް ޗާޖު އެންމެ ބޮޑަށް ދީފައިވަނީ 1,509.98 ޑޮލަރު ދިން ވެލާ ޕްރައިވެޓް އައިލެންޑުންނެވެ.

ރިސޯޓު ތަކުން ސާވިސް ޗާޖު 10 ޕަސެންޓު ނަގަން ލާޒިމްކޮށް ގާނޫނަށް އިސްލާހު ގެންނަން ރައްޔިތުން މަޖިލީހުން ވަނީ ފާސްކޮށްފަ އެވެ. ވަޒީފާއާ ބެހޭ ގާނޫނުގެ 51 ވަނަ މާއްދާގެ (ހ) ގައި ވާގޮތުން ސާވިސް ޗާޖުގެ ގޮތުގައި ވަޒީފާދޭ ފަރާތަށް ލިބޭ ފައިސާގެ ޖުމްލަ އަދަދުގެ ތެރެއިން އެއް ޕަސެންޓަށްވާ ފައިސާ އިދާރީ ފީއެއްގެ ގޮތުގައި ކެނޑުމަށް ފަހު ބާކީވާ ފައިސާ ހިނގަމުންދާ މަސް ނިމުމުގެ ކުރިން އެ ފަރާތެއްގެ މުވައްޒަފުންނަށް ބަހައި ނިންމަންޖެހޭނެ އެވެ. ނަމަވެސް، މިހާރު ގާނޫނުގައި ސާވިސް ޗާޖު ނެގުން ލާޒިމްކޮށްފައެއްނުވެ އެވެ.