ހަބަރު

މައުމޫން ހަމީދު ގެޓްސެޓަކަށް ނުލާ، އެކަމަކު ލޯނަށް ޝޯޓް ލިސްޓް ވެއްޖެ!؟

Jul 30, 2015

މަޝްހޫރު ލޯޔަރު މައުމޫން ހަމީދު ގެޓްސެޓް ލޯނަށް ޝޯޓް ލިސްޓްކޮށްފައިވާ ކަމަށާއި، ނަމަވެސް އޭނާ އެ ލޯނަށް ކުރިމަތިލާފައި ނުވާނެ ކަމަށް ބުނެފި އެވެ.

މައުމޫން ހަމީދު ހަމީދު ކޮށްފައިވާ ޓުވީޓެއްގައި ވަނީ ގެޓް ސެޓް އޮފީހުން އޭނާއަށް އީ- މެއިލެއް ލިބިފައިވާ ކަމަށެވެ.

"އަހަރެން އެ ލޯނަށް ޕްރޮޕޯސަލްއެއް ނުލަން!" މައުމޫން ހަމީދުގެ ޓުވީޓްގައިވެ އެވެ.

ޒުވާނުންނަށް ވިޔަފާރި ރޮނގުން ކުރިއަށް ދިއުމުގެ މަގު ތަނަވަސް ކޮށްދިނުމުގެ ގޮތުން ސަރުކާރުން ފަށާފައިވާ "ގެޓްސެޓް" ލޯނު ޕްރޮގްރާމުގެ ދަށުން މި ލޯނަށް ޕްރޮފޯސަލް ހުށަހެޅި ފަރާތްތައް ދަނީ އިންޓަވިއުއަށް ގެންދަމުންނެވެ. އަދި އަންނަ މަހުގެ ތެރޭގައި ލޯނު ދޫކުރަން ފެށޭނެ ކަމަށް އެ އޮފީހުން ބުނެފައިވެ އެވެ.