ދިވެހިރާއްޖޭގެ އުފެއްދުންތެރިކަމުގެ މައުރަޒު "ފަންނު އެކްސްޕޯ 2019" ގައި ބައިވެރިވުމަށް މިނިސްޓްރީ އޮފް އިކޮނޮމިކް ޓްރޭޑް އެންޑް އިކޮނޮމިކް ޑިވެލޮޕްމަންޓް އިން ހުޅުވާލައިފިއެވެ.
މި މައުރަޒުގައި ބައިވެރިވުމަށް ފޯމް ހުށެހެޅުމުގެ ސުންގަނޑިއަކީ ސެޕްޓެމްބަރު 30 ކަމުގައި އެ މިނިސްޓްރީއިން ވަނީ އިއުލާންކޮށްފަ އެވެ. ޖުމްލަ 77 ކެޓަގަރީއެއްގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލާފައިވާ އިރު މިއީ ތަފާތު އެކި އެކި ހުނަރު ދައްކާލުމަށާއި ކުދި އަދި މެދު ފަންތީގެ ވިޔަފާރި ކުރިއެރުވުމަށް ލިބިގެންދާނެ ފުރުސަތެއް ކަމުގައި ބުނެފައިވެ އެވެ.
ފަންނު އެކްސްޕޯ ބޭއްވުމަށް ހަމަޖެހިފައިވަނީ 22-28 ނޮވެމްބަރު ގައެވެ. މި އެކްސްޕޯގައި ބައިވެރިވުމަށް އެދޭ ފޯމާއި އުސޫލު ވަނީ މިނިސްޓްރީއިން އާންމުކޮށްފަ އެވެ.
މި އެކްސްޕޯއަކީ ރާއްޖޭގައި ބާއްވާ މި ފަދަ އެންމެ ބޮޑު އެއް މައުރަޒުކަމުގައި ވެގެންދާނެ އެވެ.