ލައިފްސްޓައިލް

ހެޔޮ އަގުތަކާއެކު ދަ ހެމާ ހުޅުވަނީ

ކޮވިޑް-19 ގެ ބަލިމަޑުކަމާއި ގުޅިގެން ޖިމްތައް ބަންދުކޮށްފައިވާތާ ދެ މަހެއްހާ ދުވަސްވީއެވެ. ކޮވިޑްގެ ބަލި މީހުން ފެންނަ ނިސްބަތް މަދުވުމާއެކު ކުރިން އަޅާފައިވާ ގިނަ ފިޔަވަޅުތަކަށް މިހާރު ވަނީ ލުއިދޭން ފަށާފައެވެ.

އެގޮތުން އަންނަ މަހުގެ ތެރޭގައި ޖިމްތައް ހުޅުވުމުގެ ހުއްދަ ދިނުމަށް ކަމާބެހޭ އިދާރާތަކުން ވަނީ ނިންމާފައެވެ.

ޒުވާނުންގެ މެދުގައި އެންމެ މަގުބޫލް އެއް ޖިމް ކަމަށްވާ "ދަ ހެމާ" އިން މިހާރު ދަނީ ޖިމް ހުޅުވުމަށް ތައްޔާރު ވަމުންނެވެ. މިހާރުގެ ހާލަތަށް ފެތޭގޮތަށް ރައްކާތެރިކަމާއެކު ގައެވެ. އަދި އެންމެ ހާއްސަ ކަމަކީ ކަސްޓަމަރުންނަށްޓަކައި ލުއިތަކެއްދީ ޖިމް ހުޅުވާލަން ނިންމުމެވެ.

މީގެ ކުރިންވެސް "ދަ ހެމާ" އަށް އަލަށް ގުޅޭ މީހުންނަށް މަސް ދުވަހުގެ މުއްދަތަށް ހިލޭ ޕާސަނަލް ޓްރޭނަރުންގެ އެހީތެރިކަން ދެއެވެ. އަލަށް ޖިމް ހުޅުވާލާއިރުވެސް އެކަން އެގޮތުގައި އޮންނާނެ އެވެ.

ދެން އޮތީ އެންމެ ހާއްސަ ހަދިޔާއެވެ. ފުރަތަމަ ދެ މަހަށް ކަސްޓަމަރުންނަށް ހާއްސަ އަގުތަކެއްގައި ޖިމަށް ދެވޭނެއެވެ. މިހާރު "ދަ ހެމާ" އިން ވަނީ ޑިސްކައުންޓް ރޭޓްތަކެއް ހަމަޖައްސާފައެވެ. ހެމާގެ އޮފިޝަލް އިންސްޓަގްރާމް ޕޭޖްގައި ކޮށްފައިވާ ޕޯސްޓެއްގައި ބުނެފައިވަނީ އެންމެންނަށްވެސް ދެވޭނެ ފަދަ އަގެއްގައި ފުރަތަމަ ދެ މަސްދުވަހު އަގުތައް ހަމަޖައްސާފައިވާ ކަމަށެވެ. އަދި ފުރަތަމަ މަހުގައި ހިލޭ ޕާސަނަލް ޓްރޭނަރުންގެ އެހީތެރިކަން ލިބޭނެ ކަމަށެވެ.

"ރަޖިސްޓްރޭޝަން އަދި މެންބާޝިޕް މިހާރު ވަނީ ހުޅުވާލާފައި."

ހެމާގެ އޮފިޝަލް އިންސްޓަގްރާމް ޕޭޖުން އަދި ފޭސްބްކް ޕޭޖުންވެސް މެންބާޝިޕަށް އެދެވޭނެއެވެ.

ހެމާ އެމްވީ: ހެމާއިންދިން ހާއްސަ ހަދިޔާ

ކޮވިޑް-19 ގެ ބަލިމަޑުކަމާއެކު ޖިމްތައް ބަންދުކުރަން ޖެހުމުން ހެމޭއިން ކަސްރަތުގެ ބައިވެރިން ދުލެއް ނުކުރެއެވެ. ކަސްޓަމަރުންނަށް އެހީތެރިވުމަށް ހާއްސަ މަސައްކަތްތަކެއް ވަނީ ކޮށްފައެވެ. އެ ހަދިޔާ އައީ ކަސްރަތުގެ މުޅި ކޮމިއުނިޓީއަށް ހާއްސަކޮށްގެންނެވެ.

އެގޮތުން ދަ ހެމާ ޖިމުން މިވަނީ ހެމާއެމްވީ މޮބައިލް އެޕް ނެރެފަ އެވެ. މިއީ މި ދާއިރާއިން ރާއްޖޭގެ ފުރަތަމަ އެޕެވެ.

"ކޮވިޑް-19 އާ ގުޅިގެން ގޭގައި ގިނަ ބަޔަކު ތިބެން ޖެހިފައި މިވަނީ. އެހެންވެ މުޅި ފިޓްނަސް ކޮމިއުނިޓީ އަށް މި ހާލަތުގައި ހަދިޔާއެއްގެ ގޮތުގައި ހެމާ އެޕް މި ދޫކޮށްލަނީ،" ދަ ހެމާ ޖިމްގެ ވެރިޔާ އަހުމަދު މުއާޒު ހެމާގެ އޮފިޝަލް އިންސްޓަގްރާމް ޕޭޖްގައި ކޮށްފައިވާ ޕޯސްޓެއްގައި ވިދާޅުވި އެވެ.

"ހެމާއެމްވީ" މޮބައިލް އެޕްލިކޭޝަން މިހާރު އެންޑްރޮއިޑް ފޯނު ބޭނުންކުރާ މިހުންނަށާއި އެޕަލް ސްޓޯރުން ވެސް ހިލޭ ޑައުންލޯޑު ކޮށްލެވޭނެ އެވެ. މި އެޕްގައި މިލިއަނަކަށް ވުރެ ގިނަ ނިއުޝިޝަން އައިޓަމްސް ހިމަނާފައިވެ އެވެ. މީގެން ލިބޭނެ ފައިދާއަކީ އެ ދުވަހަކު ކެވޭ އެއްޗެއް މިނެކިޔާލަން އެނގުމެވެ. ކޮންމެ ދުވަހަކު ވެސް އެ މީހަކަށް ބޭނުންވަނީ އަދަދެއްގެ ކެލޮރީސް އެއްކަން އެނގޭނެ އެވެ. ދުވަސް ނިމޭއިރު އެ ދުވަހަކު އިތުރަށް ކެވިފައިވަނީ ކިހާ އަދަދެއްކަން ޔަގީންވާނެ އެވެ. އެހެންވެ އެ ދުވަހަކު ވިރުވާލަން ޖެހޭ އަދަދު ދެނެ ގަންނަން ފަސޭހަވެ އެވެ. އެހެންވެ މި އެޕްއަކީ ވާޗުއަލް ޖިމް ޕާޓްނަރެއްގެ ގޮތުގައި ބުނެވިދާނެ އެވެ.

މިވަގުތު މި އެޕް ހާހެއްހާ މީހުން ދަނީ ބޭނުން ކުރަމުންނެވެ.

މީގެ އިތުރުން މި މޮބައިލް އެޕްގައި ހެމާއަށްދާ ހާއްސަ ޕްރިމިއަމް ކްލައިންޓުންނަށް ވެސް ހާއްސަ ބައެއް ހިމެނެ އެވެ. އެބައި ހާއްސަ ވަނީ ޕާސަނަލް ޓްރެނަރުންގެ އެހީތެރިކަން ހޯދައިގެން ހެމާއަށް ދާ މީހުންނަށެވެ. މި ބައިން އެ މީހެއްގެ ވޯކް އައުޓް މެނޭޖުކޮށްލުމުގެ އިތުރުން އިންސްޓްރަކްޓަރާ ވާހަކަ ވެސް ދައްކާލެވޭނެ އެވެ.