ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ހަބަރު

ރެޑްވޭވުން ޓްރެޑްމިލްގެ އާ ސްޓޮކެއް

Sep 7, 2020

ލޮކްޑައުންއާއެކު އެންމެން ދައްކަނީ އިތުރަށް ފަލަވާ ވާހަކަ އެވެ. އެކަމަކު ކަސްރަތު ކޮށްލަން ބޭރަށް ދާން ޖެހިލުންވެ އެވެ. ކޮވިޑުގެ ނުރައްކާ ބޮޑުވެ އެ ބަލި ޖެހޭ މީހުންގެ އަދަދު ދުވަހުން ދުވަހަަށް އިތުރުވަމުން ދާތީ އެވެ. އެހެންވެ މިހާރު ގިނައީ ގޭގައި ކަސްރަތު ކުރާނެ އިންތިޒާމް ހަމަޖައްސާފައިވާ ގޭގެ އެވެ.

އެހެން ނަމަވެސް އެކަމަށް ބޭނުންވާ އާލާތްތަށް ހޯދަން ދަތިތަކާ ކުރިމަތިވެ އެވެ. އެކަމަކު ރެޑްވޭވުން މިހާރު ވަނީ ގޭގައި ކަސްރަތުކުރަން ބޭނުންވާ ފަރާތްތަކަށް އުފާވެރި ހަބަރެއް ދީފަ އެވެ.

ރެޑްވޭވް އިން ބުނީ ކޮވިޑްގެ ބަންދުގެ ލުޔަށް ފަހު ބޮޑު ތަރުހީބެއް ލިބިގެންދިޔަ ދުވާ މެޝިނުގެ އާ ސްޓޮކެއް މިހާރު ގެނެސްފައިވާ ކަމަށެވެ. އަދި މިއީ އިންތިޒާރުގައި ތިބި ގިނަ ބަޔަކަށް އުފާވެރި ހަބަރަކަށް ވާނެ ކަމަށެވެ.

ރެޑްވޭވަށް މީގެ ކުރިން ގެނައި ޓްރެޑްމިލް ތަކުގެ ސްޓޮކް ކޮވިޑް ލޮކްޑައުން އާއި މިދިއަ ދުވަސްތަކުގެ ތެރޭގައި ހުސްވުމާއެކު ގިނަ ބަޔަކު އިންތިޒާރުގައި ތިއްބެވެ. އަދި ގިނަ އަދަދެއްގެ ކަސްޓަމަރުން ޓްރެޑްމިލް އަށް ޕްރިއޯޑާ ވެސް ކުރި އެވެ.

ރެޑްވޭވް އިން ބުނީ މިފަހަރު ޓްރެޑްމިލްގެ ތިން ސައިޒެއް ގެނެސްފައިވާ ކަމަށާއި ވީހާއެއްވެސް އަތްފޯރާފަށުގައި ޓްރެޑްމިލްގެ އަގުތައް ބަހައްޓާނެ ކަމަށެވެ. އަގަށް ގެނެސްފައިވާ ބަދަލާއެކު ރާއްޖޭގެ މާކެޓްގައި އެންމެ ހެޔޮ ޓްރެޑްމިލްގެ ރޭންޖަކީ ރެޑްވޭވުގެ ޓްރެޑްމިލް ރޭންޖު ކަމަށް ވެސް ބުންޏެވެ.