ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ވިޔަފާރި

މާލޭގެ ގޭގެއަށް ވެސް ރެޑްވޭވުން ޑެލިވަރީ ކޮށްދެނީ

Mar 26, 2020

ކޮވިޑް-19 އިން ރައްކާތެރިވުމުގެ ގޮތުން ކަސްޓަމަރުން ގޭގައި ތިބެން ބާރު އެޅުމަށް މާލޭގައި ވެސް ގޭގެއަށް ރެޑްވޭވްގެ ޑެލިވަރީ ހިދުމަތް ފަށައިފި އެވެ.

ރެޑްވޭވުން މިއަދު ބުނީ މާލޭގައި ރެޑްވޭވްގެ ޑެލިވަރީ ހިދުމަތް މިއަދު ފަށާފައިވާ ކަމަށެވެ. މިދިޔަ ހޮނިހިރު ދުވަހުން ފެށިގެން ރެޑްވޭވުން އަންނަނީ ހުޅުމާލޭގައި ވެސް ޑެލިވަރީ ހިދުމަތް ދެމުންނެވެ.

ރެޑްވޭވުން ބުނި ގޮތުގައި ކާބޯތަކެތީގެ އިތުރުން އާންމުކޮށް ބޭނުން ކުރާ ހުރިހާ ސާމާނެއް ކަސްޓަމަރުންނަށް ޑެލިވަރީ ކޮށްދޭނެ އެވެ. އެ ގޮތުން މިއަދުން ފެށިގެން ކޮންމެ ދުވަހެއްގެ ހެނދުނު 9:00 އިން ރޭގަނޑު 9:30 ހަމައަށް އޯޑަރުތައް ބަލައިގަނެ ގެއަށް ފޮނުވައި ދޭނެ އެވެ.

ޑެލިވަރީގެ ހިދުމަތް ދޭނީ 200 ރުފިޔާ އިން މަތީގެ އޯޑަރުތަކަށެވެ. ފައިސާ ދެއްކުން ނަގުދު ފައިސާ އާއި ބީއެމްއެލް ކާޑާއި ޓްރާންސްފާ އިން ވެސް ގަބޫލު ކުރެ އެވެ.

ޑެލިވަރީގެ ހިދުމަތް ހޯދަން މާލޭގެ ކަސްޓަމަރުން ބޭނުންވާ ތަކެތި ކަސްޓަމާގެ ނަމާއި، ގުޅޭނެ ނަމްބަރާއި، އެޑްރެސްގެ އިތުރުން ފައިސާ ދައްކަން ބޭނުންވާ ގޮތް 9192299 ނަމްބަރަށް ފޮނުވާލުމުން ފުދޭނެ އެވެ. ހުޅުމާލެ ކަސްޓަމަރުންނަށް ހާއްސަ ނަންބަރަކީ 9193399 އެވެ.

ދުނިޔޭގައި ފެތުރެމުންދާ ކޮވިޑް-19 ރާއްޖޭން ވެސް ފެނުމާ ގުޅިގެން، އެ ބަލި ފެތުރުން ކޮންޓްރޯލް ކުރުމަށް ޓަކައި ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިންނާއި ސިއްހީ މާހިރުން ލަފާ ދެނީ މަގުމަތީގައި އާންމުކޮށް އެއްވެ ނޫޅެ، ގޭގައި މަޑު ކުރުމަށެވެ.