ވިޔަފާރި

އިވޯވުން އިންޓަނޭޝަނަލް ފިޓްނެސް ކޯސްތަކެއް

Jan 27, 2021
4

ދިވެހިންގެ ބުރަ ދިރިއުޅުމުގެ ސަބަބުން ގައިގައި އަށަގަންނަ ކެއުމުގެ ނުރަނގަޅު އާދަ އާއި، ސްޓްރެސް އަދި ޓެންޝަން އިން ދުރުވާން ގިނަ ބަޔަކު ޖިމަށް ދާން ބޭނުންވެއެވެ. އެއްބަޔަކު ޖޮގިންނަށް ގޮސް ފަރު ޖައްސާލާ އިރު އަނެއް ބަޔަކު ދެކޭ ގޮތުގައި ކޮންމެހެން ވެސް ޖިމަށް ދާން ޖެހެއެވެ. ނަމަވެސް ބިޒީ ކަމުން ނުދެވެނީ އެވެ. ދިވެހިންގެ ތެރޭގައި މަގުބޫލުކަން ހޯދާފައިވާ އިވޯވް ފިޓްނަސް އިން ޔޫކޭގެ ޓްރެއިން ފިޓްނެސް އާއި ގުުޅިގެން އިންޓަނޭޝަނަލް ޕާސަނަލް ކޯސްތަކެއް ހިންގަން ވަނީ ތައްޔާރު ވެފައެވެ.

މިދިޔަ އަހަރުގެ ކުރީކޮޅު ހިންގަން ހަމަޖެހިފައިވާ އެ ކޯސްތައް ކޮވިޑުގެ ސަބަބުން ވަނީ ފަސްކުރެވިފައެވެ.

އިވޯވް އާއި ގުޅިގެން ޓްރެއިން ފިޓްނެސް އިން ކުރިޔަށް ގެންދަން ހަމަޖެހިފައިވާ ޕަސަނެލް ކޯސްތަކަކީ ރާއްޖޭގައި ހިންގޭ ފިޓްނެސްގެ އެންމެ ފެންވަރު ރަނގަޅު ކޯހަށް ވާނެ އެވެ. މި ކޯސްތަކުގެ އެންމެ ހާއްސަ ކަމަކީ ގޭގައި ތިބެގެން ކިޔެވުމުގެ ފުރުސަތު ލިބިފައި ވާތީއެވެ. މާނަ އަކީ މި ކޯސްތަކުގެ ތިއޮރީ ބައި ކިޔަވައިދޭނީ އޮންލައިން ޕްލެޓްފޯމެއްގަ އެވެ.

ޓްރެއިން ފިޓްނެސް އަކީ 20 އަހަރުގެ ތަޖުރިބާ ލިބިފައިވާ ގިނަބައެއްގެ ތެރޭގައި މަގުބޫލު ގިނަ ބަޔަކު ޓްރެއިން ކޮށްދީފައިވާ އިތުބާރު ހުރި ސެންޓަރެކެވެ. އަދި އެތަނުގެ ކޯސްތަށް ފުރިހަމަ ކުރުމުން ލިބޭ ސެޓިފިކެޓަކީ ރެޖިސްޓާ އޮފް އެކްސަސައިޒު ޕްރޮފެޝަނަލްސް (އާރްއީޕީ) ފަދަ ދުނިޔޭގެ މަގުބޫލުކަން ހޯދާފައިވާ ތަންތަނުން ވެސް ގަބޫލުކުރާ ސެޓިފިކެޓް ތަކެކެވެ.

އަދި މި ކޯސްތަކަކީ އެމެރިކަން ކޮލެޖް އޮފް ސްޕޯޓްސް މެޑިސިން (އޭސީއެސްއެމް) ފަދަ ބައިނަލްއަގުވާމީ އެކަޑެމީތަކުން ވެސް ބަލައިގަންނަ ކޯސްތަކެކެވެ.

މި ކޯސްތަކުގައި ކިޔަވައިދޭ ޓިއުޓަރުންނަކީ ފިޓްނެސް އިންޑަސްޓްރީގައި ކިޔަވައިދިނުމާއި ޓްރެއިން ކޮށްދިނުމުގައި ފުންނާބު އުސް ކަމުގެ ތަޖުރިބާ ހުރި ބޭފުޅުންނެވެ.

މީގެ އިތުރުން ޓްރެއިން ފިޓްނެސުން އޮންލައިން ކޮށް ކިޔަވައިދިނުމަށް ހަދާފައިވާ އެޕްލިކޭޝަނަކީ ޔޫކޭ ފިޓްނެސް އިންޑަސްޓްރީގައި އެންމެ މަގުބޫލު އޮންލައިން ސިސްޓަމެވެ.

ޓްރެއިން ފިޓްނެސް އާއި އިވޯވް އާއި ގުޅިގެން ރާއްޖޭގައި ހިންގަން ހަމަޖެހިފައި ވަނީ ހަތަރު ކޯހެކެވެ. އެއީ ލެވެލް ދޭއްގެ ކޯހަކާއި ލެވެލް ތިނެއްގެ ކޯހަކާއި ލެވެލް ދެއަކާއި ލެވެލް ތިނެއް އެއްކޮށް ކިޔަވައިދޭ ކޯހެއްގެ އިތުރުން ލެވެލް ހަތަރެއްގެ ކޯހެކެވެ. މިވަގުތު ފައްޓަން ތައްޔާރުވެފައިވަނީ ފުރަތަމަ ތިން ކޯހެވެ. ނަމަވެސް ވަރަށް އަވަހަށް ލެވެލް ހަތަރެއްގެ ކޯސް ވެސް ފަށާނެ އެވެ.

ލެވެލް ދޭއްގެ ކޯހަކީ "ޖިމް އިންސްޓްރަކްޓާ" ގެ ނަމުގައި ހިންގާ ކޯހެކެވެ. މިއީ ފައުންޑޭޝަން ލެވެލުގެ ކޯހެކެވެ. މި ކޯހުގައި ބައިވެރިވާން ބޭނުން ފަރާތްތަކަށް ބޭސިކް އިނގިރޭސި އާއި ހިސާބު އެނގެން ޖެހޭނެ އެވެ. ލެވެލް ތިނެއްގެ ކޯހަކީ "ޕާސަނެލް ޓްރެއިނާ ޕްރެކްޓިޝަނާ ޑިޕްލޮމާ" ގެ ނަމުގައި ހިންގާ ކޯހެކެވެ. މި ކޯހުގައި ބައިވެރި ވެވޭނީ ލެވެލް ދޭއްގެ ކޯސް ނިންމާފައިވާ ފަރާތް ތަކަށެވެ. ތިން ވަނަ ކޯހަކީ "ޖީމް އިންސްޓްރަކްޓާ އެންޑް ޕާސަނެލް ޓްރެއިނާ ޕްރެކްޓިޝަނާ ޑިޕްލޮމާ"ގެ ނަމުގައި ހިންގާ ކޯހެކެވެ. މި ކޯހަކީ ލެވެލް ދެއަކާއި ތިނެއް އެއްކޮށްލައިގެން ކިޔަވައިދޭ ކޯހެކެވެ. ލެވެލް ހަތަރެއްގެ ކޯހަކީ "ޖިމް އިންސްޓްރަކްޓާ އެންޑް ޕާސަނަލް ޓްރެއިނާ މާސްޓާ ޑިޕްލޮމާ" ގެ ނަމުގައި ހިންގާ ކޯހެކެވެ. މި ކޯހަށް އެލިޖެބްލް ވާނީ ލެވެލް ތިނެއްގެ ކޯސް ނިންމާ ފަރާތް ތަކެވެ.

އޮންލައިންކޮށް ކިޔަވައިދޭ ކޯސްތަކަކީ އަތޮޅުތަކުން ބައިވެރިވާން ބޭނުން ފަރާތްތަކަށް ވެސް ފަސޭހަ ކަމާއެކު ބައިވެރިވެވޭނެ ކޯސްތަކެކެވެ. އެގޮތުން ކޯހުގައި ބައިވެރިވެ ކޯހުގެ ފީގެ އެޑްވާންސް ދައްކާ ފަރާތްތަކަށް ހާއްސަ ލޮގިން އައިޑީ އެއް ލިޞޭނެ އެވެ. އަދި އެ ލޮގިން މެދުވެރިކޮށް ކޯހާއި ބެހޭ މައުލޫމާތާއި ލެސަންތަކަށް އެކްސެސް ވެވޭނެ އެވެ. ކޯހުގެ ތިއޮރީ ބައި މުޅިންވެސް ކުރިޔަށް ގެންދާނީ އޮންލައިނު ކޮށެވެ. ނަމަވެސް ކޯހުގެ ޕްރެކްޓިކަލް ބައި ކުރިޔަށް ގެންދާނީ އިވޯވް ފިޓްނެސް ސެންޓަރުގަ އެވެ.

އިވޯވުން ބުނީ މި ކޯސްތަކަށް ހޮވޭތާ ހަ މަސްދުވަހުގެ ތެރޭގައި ކޯސް ފުރިހަމަ ކުރަން ޖެހޭނެ ކަމަށެވެ.

މި ފިޓްނެސް ކޯހަށް ފީ ދައްކަން ދެ އިހުތިޔާރެއް ދީފައި ވެއެވެ. އެގޮތުން ބޭނުން ނަމަ އިންސްޓޯލްމެންޓަށް ބަހާލައިގެން ވެސް ފީ ދެއްކިދާނެ އެވެ. ނޫން ނަމަ ފުލް ކޮށްވެސް ދައްކަންވީ އެވެ. ފުލްކޮށް ފީ ދައްކާ ފަރާތްތަކަށް ހާއްސަ ފުރުސަތެއް އިވޯވުން ދޫކޮށްފައި ވެއެވެ. އެގޮތުން ލެވެލް ދޭއްގެ ކޯސްތައް ހަދާ ބޭފުޅުންގެ ތެރެއިން ފުލް ޕޭމެންޓް ދައްކާ ފަރާތްތަކަށް އިވޯވުން ދެ މަސްދުވަހު ޖިމަށް ފްރީ އެކްސަސް ލިބޭނެ އެވެ. އަދި ލެވެލް ތިނެއްގެ ކޯސްތަކުގެ ބޭފުޅުންނަށް ހަތަރު މަސް ދުވަހު ފްރީ ޖިމް އެކްސަސް ލިބޭނެ އެވެ.

އިވޯވްގެ މި ކޯސްތަތަކާއި ބެހޭގޮތުން އިތުރު މައުލޫމާތު އިވޯވްގެ ހޮޓްލައިން 9918866 އަށް ގުޅައިގެން ލިބޭނެ އެވެ.

އިވޯވް އިންސްޓަގްރާމް: https://instagram.com/evovegym?igshid=7kpai0e8n1rn
އިވޯވް ފޭސްބުކް: /https://facebook.com/evovefitness
އިވޯވް ވެބްސައިޓް: /https://www.evovefitness.com