މަތީގައިވާ ދެ ފޮޓޯ އިން ކަޅާއި ހުދުގެ ފޮޓޯ އަކީ ރާއްޖޭގެ ފުރަތަމަ ފޮޓޯތައް ނެގިި ދުވަސްވަރުގައި ނަގާފައިވާ ފޮޓޯ އެކެވެ. 1885 ގައި ކާލް ރޮސެޓް ކިޔާ ދަަތުރުވެރިއެއް ރާއްޖެ އަށް ޒިޔާރަަތްކޮށް 134 އަހަރު ކުރިން ރާއްޖެ އޮތް ގޮތް އޭނާގެ ކެމެރާގައި ރެކޯޑު ކުރި އެވެ. ޖަރުމަނުގެ މި ދަތުރުވެރިޔާއަށް ރާއްޖޭގެ ރީތިިކަން ފެނި، ހައިރާންކުރުވުމުން ނެގި ފޮޓޯ ތަކާއެކު ރާއްޖެއާ ބެހޭގޮތުން ގިނަ އާޓިކަލްތައްވެސް ލިޔުނެވެ.
އެ ޒަމާނުގައި މާލެ އޮތް ގޮތް ސިފަ ކޮށްދީ، މަގުތަކާއި ފަަނުން ހަދާފަައި ހުރި ގެތައް އަަދި ކޮޓަރިިތަކުގައި ބަހައްޓާފައި ހުރި އުނދޯލި އެނދުތަކުގެ ވާހަކަތައް ވަނީ ގަނޑަށް ތިރިކޮށްފަ އެވެ. މާލެ ގަނޑުވަރުގައި ހުރި ބައެއް ތަކެތީގެ ވާހަކަތައްވެސް ލިޔެފައިވެ އެވެ. މީގެ 134 އަހަރު ކުރިން ނެގި މި ފޮޓޯތަކަށް މިއަދު ބަލާއިރު ދިވެހިން ލައި އުޅުނު ހެދުމާއި އުޅުނު ގޮތް ކޮންމެވެސް ވަރަކަށް ފެނެ އެވެ. ކަޅާ ހުދުގެ އޭރުުގެ އެންމެ ސާފު ސްކޭން ފޮޓޯތަކެއް ނަމަވެސް ދުނިޔެ އަށް ދިވެހިން ދައްކުވައިދިނެވެ. ޖަރުމަނު އެކްސްޕްލޯރާގެ މި ގެލެރީގައި ރައްކާކޮށްފަައިވާ ފޮޓޯތަކުގެ ތެރެއިން، އެއް ފޮޓޯ ކުލަކޮށްފައި ހުއްޓާ ވަރަށް ފަަހުން ފެނިއްޖެ އެވެ.
މިދިޔަ ހަފްތާގައި މާލެ އާޓް ގެލަރީގައި ބޭއްވި "އަންވެއިލިން ވިޝަންސް"ގައި އާޓިސްޓުންގެ ތަފާތު ކުރެހުންތައް ފެނުނު އިރު، ކާލް ނަގާފައިވާ ކަޅާއި ހުދުގެ ފޮޓޯގަނޑެއް ވެސް ފެނުނެވެ. ހަތް ފޫޓު އަށް ފޫޓަށް ލައިފް ސައިޒަށް ބޮޑުކޮށް ކުލަކޮށްލާފަައި އާޓް ގެލެރީގެ ހުދު ފާރުގައި ހަރުކޮށްފައި ހުއްޓަ އެވެ.
ފެންނަނީ ޅަ އަންހެން ކުއްޖެކެވެ. ރަތް ލިބާހެއްގައި ހުރި އިރު، ކަރުގައި އަޅާފައި އޮތް ބޯ ކަސަބުގަނޑުގައި ނުވަ ފަށެވެ. އިސްތަށިގަނޑު ފަހަތަށް ގެންގޮސް ހުޅިޖަހާ ބޮލުގައި އައްސާފަައި އޮތީ ނޫ ރުމާލެކެވެ. ކަންފަތް ހަތަރު ތަނުން ތޮރުފާ ބޮޅު ލައްވާފަ އެވެ. ދެ އަަތުގައި އަޅާފަައި ހުރި ގިނަ އުޅާތަކާއި ކަސަބުގެ ބޯ ކަމުން ދަރަޖައިގެ ގޮތުން މިއީ މަތީ ފަންތީގެ މުއްސަނދިި ކުއްްޖެއް ކަމަށް ލަފާ ކުރެ ވެ އެވެ. މީގެ އަހަރުތަަކެއް ކުރިން ކެމެރާއަކުން ނެގިި މި ފޮޓޯގަނޑަށް ކުރެހުންތެރިޔެއް އޭނާގެ ފިހިން ބުރުވާލި ކުލަތައް ހަރުލީ ވަރަަށް ފުރިހަމަ އަށެވެ. ކަޅާއި ހުދުގެ ފުސް ފޮޓޯގަނޑު ކުލަކޮށް ދިރުވީ އިބްރާހީމް ޝަހީން އެވެ.
ރާއްޖޭގެ ތާރީހު ސިފަ ވާނެ ހެން ނަގާފައި ހުރި އެތައް ފޮޓޯ އެއްގެ ތެރެއިން މިހާ ބޮޑުކޮށް ހަމަލޮލަށް ކުލަ ފޮޓޯ އެއް، ފެންނަނީ މަދު ފަހަރެއްގަ އެވެ. ޓެކްނޮލޮޖީގެ އެހީގައި ކުލަޖެއްސުން ނޫން ގޮތަކަށް އިހުގެ ފޮޓޯ އެއް މިހާރަކު ނުފެނެ އެވެ. މި ފޮޓޯގަނޑު ކުލަކުރި ޒުވާން އާޓިސްޓަށް މިއީ ފަސޭހަ ކަމަކަށްވެސް ނުވި އެވެ. ކުޑަ ފޮޓޯ އެއް ބޮޑުކޮށްލުމުން މުޅި ފޮޓޯ ހަަރާބުވެ ޖެހުނީ، ކުޑަ ފޮޓޯއެއްގެ ގޮތުގައި ބަހައްޓައިގެންް އެންމެ ފުރަތަމަ ފޮޓޯ ދަސްކުރާށެވެ. އެތައް ދުވަހެއް ވަންދެން އެ ފޮޓޯ އަށް ބަލަން، އެ ފޮޓޯގައި ހުރި އަންހެން ކުއްޖާ އޭނާގެ ހުދު ކެންވަސް އަށް ގެންނާނީ ކޮންކުލައެއްގައިތޯ ވިިސްނަން އިން ކަމަށްވެސް ޝަހީން ބުންޏެވެ.
"އަސްލު ބޮޑު ޗެލެންޖަކަށް ވީ. އެއީ ބްލެކް އެންޑް ވައިޓް ފޮޓޯ އަކަށް ވެފަ، އޭތި ކުލަޖައްސާއިރު އަސްލު ފޮޓޯގައި ހުރި ކުލަތަކަކީ ކޮބައިކަމެއް ނޭނގުނު. އަދި ބޮޑުކޮށްލީމަ ފޮޓޯ ފަޅައިގެން ގޮސް މާ ހަޑި ވަނީ. އަދި މި ޖެނެރޭޝަންގަ ނުވެސް އުޅޭނެ ދޯ އެ ކުއްޖާ ފެނިފަ ހުރި މީހެއްވެސް. ވަރަށް ގިނަ ދުވަހު އިނިން އެ ފޮޓޯގަނޑަށް ބަލަން. އަސްލު ފޮޓޯ އިން ޝަހީން އަަށް ލިބެނީ 25 ޕަސެންޓް. ދެން އޭތި ހަތް ފޫޓު އަށް ފޫޓު އެއްޗަކަށް ބޮޮޑު ކުރަން ޖެހުނީ ބާކީ އެއްޗެހި އިމޭޖިން ކުރަން. އެ ކުއްޖާގެ އެއް ލޯވެސް ނުފެނެ ރަނގަޅަށް. ހަމަ ވަރަށް ބަލައިގެން ސްޓަޑީ ކުރެވުުނީމަ ކުރަހަން ފެށީވެސް"
ޝަހީން ބުނި ގޮތުގައި އެނާ އަކީވެސް ކޮންމެވެސް ވަރަކަށް ރާއްޖޭގެ ތާރީހަށް ލޯބި ޖެހިފަަ ހުންނަ މީހެކެވެ. އާޓް ގެލަރީއަށް ގެންނަށް މި ފޮޓޯ ސެލެކްޓު ކުރީވެސް ރާއްޖޭގެ ރޯޔަލް ލުކް އެއް، ނުފެންނާތީ އެ ދައްކުވައިދޭން ކަމަށް ބުންޏެވެ. އެހެން ގަައުމުތަކުގައި ކުރީގެ ރަަސްރަސްކަލުންނާއި ރަަނިންގެ ފޮޓޯތައްވެސް ކުރަހާ ކުލަޖައްސާފައި ހުންނަތަން ފެންނަ ކަމަށާއި ރާއްޖޭގައި އޮތް މުއްސަނދި ސަގާފަތާއި އިހު ދިވެހިންގެ ކޮންމެވެސް އެއްޗެއް ދައްކާލަން ބޭނުންވީ ކަމަށް ކިޔައިދިނެވެ.
"މީގަ އަސްލު ވަރަށް ރޯޔަލް ލުކް އެއް ގެނެސްފަ މީނީ. ކަލަ ޓޯންވެސް ވަރަށް ވައިބްރަންޓް ވާނެ. ރެޑް ބްރަައުން ބްލޫ އެކަލަ ގޮޮތަކަށް ގެނެސްފަ ހުންނާނީ." ޝާހީން ބުންޏެވެ.
އެކްރިލިކް ފުޅިތަކާއި ފިހިން އެ ކުއްޖާ އަސްލު ކުރަން ފެށީ ޝަހީންގެ ހިޔާލާއި ވިސްނުމުގައި އެ އަަންހެން ކުއްޖާ މަހެއް ވަންދެން ގެންގުޅެފަ އެވެ. ބެކްގްރައުންޑްގައި ކުލަޖައްސަމުންގޮސް ލިބާހުގައި އަޅާފައި ހުރި ކަސަބުތައްވެސް ޑީޓެއިލް ކުރިި އެވެ. ޝަހީން ގެންގުޅު ފިހިތައް ބޮޑު ކެންވަސްގައި ޖައްސަމުން ކުލަތައް ރީތި ކުރަމުން ގަދަކުރަމުން، ފަަވަމުން ގޮސް ދެ ހަފްތާ އެއްހާ ދުވަހުގެ ތެރޭގައި ކާލްގެ ކެމެރާއިން ނެގި މި ތާރީހީ ފޮޓޯ ކުލަކޮށްލީ ވަރަށް ފުރިހަމަ އަށެވެ.
ކުޑަކުޑައިރުން ފަށައިގެންވެސް ކުރެހުމުގެ ތެރޭގައި އުޅެމުން އައި ޝަހީން މި އަހަރު ދައްކާލި މި ކުރެހުން ގިނަބަޔެއްގެ ލޮލުގައި އަޅައިގަތެވެ. ޝަހީން ހުރީ އެވަރު ކޮށްފަ އެވެ. ކުޑަ ފޮޓޯ އެއް ނަގައިގެން، ބޮޑުބަައި ހިޔާލަށް ގެނެސް އަސްލު ކޮށްލި ގޮތް ރީތި ކަމުންނެވެ. ކުލަކުރި ފޮޓޯގައި ހަމަ އަސްލަށްވެސް ޖަހަނީ ޝަހީން ބޭނުންވި ރޯޔަލް ލުކް އެވެ.