ހަބަރު

ބްރަދާސް މޮޓޯ ކޮމްޕެނީއިން ވައްކަން ކޮށްފި

ބްރަދާސް މޮޓޯ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑްގެ އޮފީސް ފަޅާލައިގެން ވައްކަން ކޮށްފައިވާ ކަމަށް ފުލުހުން ބުނެފި އެވެ.

ފުލުހުން މިއަދު ބުނީ، ރޭގެ ވަގުތެއްގައި ބްރަދާސް މޮޓޯ ކޮމްޕެނީ ފަޅާލައިގެން އެ އޮފީހުގައި ހުރި ގިނަ އަދަދެއްގެ ޑޮލަރާއި ދިވެހި ރުފިޔާ ވަގަށް ނަގާފައިވާ ކަމަށެވެ. ވަގަށް ނަގާފައިވާ ފައިސާގެ އަދަދެއް ޔަގީނެއް ނުވެ އެވެ.

މީގެ އިތުރުން، ރޭ ދަންވަރުގެ ވަގުތެއްގައި މާފަންނުގައި ހަދަމުންދާ އިމާރާތެއްގެ ތެރޭގައި ބަހައްޓާފައި ހުރި 33 ރޯލު ނަރު ވަގަށް ނަގާފައިވާ ކަމަށް ބުނެ މިއަދު ހެނދުނު ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށް ބުންޏެވެ. އަދި، މި މައްސަލަ އާ ގުޅިގެން މިހާތަނަށް އެއްވެސް މީހަކު ހައްޔަރުު ކޮށްފަ އެއް ނުވާ ކަމަށް ބުންޏެވެ.

މިދެ މަައްސަލަ ފުލުހުން މިހާރު ދަނީ ތަހުގީގު ކުރަމުންނެވެ.

ކުންފުންޏެއްގެ އޮފީސް ފަޅާލައިގެން ވަައްކަމުގެ ދެ މައްސަލަ އެއް މިދިޔަ މަހުވެސް ވަނީ ހުށަހަޅާފަ އެވެ. އެއީ އެމްޕީއެލްގެ ސްޓާފް އޭރިއާ އޮފީހުން ލިޔެކިޔުންތަކެއް ވަގަށް ނެގި މައްސަލަ އަކާއި ވަޑާމުގެ ސާމާނުތަކެއް ނެގި މައްސަލަ އެކެވެ.