މަހިބަދޫ

މަހިބަދޫގައި ރުށްގަސް އާލާ ކުރުމުގެ ޕްރޮގްރާމެެއް ފަށައިފި

އދ މަހިބަދޫގައި ތިން މަސް ދުވަހުގެ ތެރޭގައި 1000 ރުށްގަސް އިންދުގެ ޕްރޮގްރާމެއް މަހިބަދޫ ކައުންސިލުން ފަށައިފި އެވެ.

މި ޕޮރްގްރާމްގެ މައުލޫމާތު ދެމުން މަހިބަދޫ ކައުންސިލްގެ ރައީސް މުހައްމަދު ހަލީލް ވިދާޅުވި، ރުށް ގަސް އިންދުމުގެ ޕްރޮގްރާމެއް ހިންގަން ފެށީ، މަހިބަދޫގައި ރުށް ގަސް އިތުރަށް އަލާ ކުރުމުގެ ބޭނުމުގައި ކަމަށެވެ. އަދި މިހަރަކާތް ކުރިއަށް ގެންދަނީ "މާދަމާއަށް ފެހިކުރަން" މި ޝިއާރުންގެ ދަށުން ކަމަށެވެ.

އެއް ހާސް ރުށްގަސް އިންދުމުގެ ޕްރޮގްރާމް ފަށާދީފައިވަނީ މަހިބަދޫ ސްކޫލްގެ ދަރިވަރުންނެވެ. ހަލީލް ވިދާޅުވީ، މި ޕޮރްގުރާމުގައި މަހިބަދޫ ހުރި ހުރިހާ ސަރުކާރުގެ އޮފީސްތަކާއި މުއައްސަސާތަކުންނާއި ސަރުކާރު ކުންފުނިތަކުން ބައިވެރިވާ ކަމަށެވެ.

ރުށްގަސް އިންދުމަށް ބޭނުންވާ ގަސްކާނާ ފޯރުކޮށް ދީފައިވަނީ އދ ދިގުރަށުގެ ފަރާތުން ކަމަށްވެސް ހަލީލް ވިދާޅުވި އެވެ.