ހަބަރު

ދަނބިދޫގައި އަލުން ކަރަންޓު ދޭން ފަަށައިފި

ލ. ދަނބިދޫގައި ރޭ ހިނގި އަލިފާނުގެ ހާދިސާގައި ހަލާކުނުވާ ޖެނެރޭޓުން ކަރަންޓުގެ ހިދުމަތް ދޭން ފަށައިފި އެވެ.

ދަނބިދޫ އިންޖީނު ގޭގައި ރޭ ވަނީ އަލިފާނުގެ ހާދިސާ އެއް ހިނގާ އިންޖީނުގޭގައި ހުރި ތިން އިންޖީނުގެ ދެ އިންޖީނެއް ހަލާކުވެފަ އެވެ. މި ހާދިސާއާ ގުޅިގެން ރޭ މުޅި ރަށުން ވަނީ ކަރަންޓު ގޮސްފަ އެވެ. އެ ރަށުގައި އިންޖީނު ގެއިން 125 ވަރަކަށް ގެއަށް ކަރަންޓު ދެއެވެ.

ދަނބިދޫ ކައުންސިލްގެ ރައީސް ހުސައިން އަޝްރަފް މިއަދު ވިދާޅުވީ ރޭ ގެ ހާދިސާގައި ހަލާކުނުވެ ސަލާމަތްވި ޖެނެރޭޓަރުން ރަށުގައި އަސާސީ ބޭނުންތަކަށް ކަރަންޓު ދެމުން އަންނަ ކަމަށެވެ.

އޭނާ ވިދާޅުވި ގޮތުގައި ފެނަކަ ކޯޕަރޭޝަން އިން އަންނަނީ އެ ރަށަށް ޖެނެރޭޓަރެއް ގެންދިއުމުގެ މަސައްކަތް ކުރަމުންނެވެ.