ކުޅިވަރު

ސްޓާލިންގެ ހެޓްރިކުން ޗެމްޕިއަން ސިޓީއަށް ވަރުގަދަ ފެށުމެއް

ރަހީމް ސްޓާލިންގެ ހެޓްރިކުން، ވެސްޓްހަމް ޔުނައިޓަޑްގެ މައްޗަށް 5-0 ގެ ތަފާޔ ބޮޑު ނަތީޖާ އަކުން ކުރި ހޯދައި އެންމެ ފަހުގެ ޗެމްޕިއަން މެންޗެސްޓާ ސިޓީ ޕްރިމިއާ ލީގް ވަރުގަދަ ފެށުމަކުން ފަށައިފި އެވެ.

ސްޓާލިންގެ ތިން ލަނޑުވެސް އޭނާ ކާމިޔާބު ކުރީ، މެޗުގެ ދެ ވަނަ ހާފުގަ އެވެ. އޭގެ ކުރިން، މި އަހަރުގެ ޕްރިމިއާ ލީގްގައި ސިޓީގެ ފުރަތަމަ ލަނޑު މެޗުގެ 25 ވަނަ މިނެޓްގައި ކާމިޔާބު ކުރީ ގެބްރިއަލް ޖެސޫސް އެވެ.

ލަންޑަންގެ ސްޓޭޑިއަމްގައި، މެޖޯރިޓީ ވެސްޓްހަމްގެ ސަޕޯޓަރުންގެ ކުރިމަތީ، ވެސްޓާހަމްގެ އަނެއް ހަތަރު ލަނޑުވެސް ކާމިޔާބު ކުރީ މެޗުގެ ދެ ވަނަ ހާފުގަ އެވެ. ސްޓާލިކިންގެ ފުރަތަމަ ލަނޑު އޭނާ ކާމިޔާބު ކުރީ ދެ ވަނަ ހާފު ފެށިގެން ހަ ވަނަ މިނެޓްގައި ކެވިން ޑި ބްރޭނޭ ތަނަވަސް ކޮށްދިން ފުރުސަތަކުންނެވެ.

ސީޓީގެ ތިން ވަނަ ލަނޑު، ސްޓާލިން ކާމިޔާބު ކުރީ މެޗުގެ 75 ވަނަ މިނެޓްގަ އެވެ. ހަތަރު ވަނަ ލަނޑަކީ 86 ވަނަ މިނެޓްގައި ލިބުނު ޕެނަލްޓީ އަކުން ސާޖިއޯ ކުން އަގުއޭރޯ ކާމިޔާބު ކުރި ލަނޑެކެވެ. އެ ލަނޑާއެކު ސްޓާލިން އަށް ހެޓްރިކް ހެދެން އޮތް ނަމަވެސް ޕެނަލްޓީ ޖެހުމުގައި ސިޓީން އިސް ކުރީ އަގުއޭރޯ އެވެ.

އެހެންނަމަވެސް މެޗުގެ 91 ވަނަ މިނެޓްގައި ރިޔާދު މަހްރޭޒް ތަނަވަސް ކޮށްދިން ފުރުސަތަކުން ސްޓާލިން އޭނާގެ ހެޓްރިކް ފުރިހަމަ ކުރި އެވެ.