ދިރާގު

ދިރާގު ރޯޑް ރޭހުގައި ބައިވެރިވާން ހުޅުވާލައިފި

ރާއްޖޭގައި ބާއްވާ އެންމެ ބޮޑު އަދި ބައިނަލްއަގްވާމީ ގޮތުން އެކްރެޑިޓްކޮށްފައިވާ ހަމައެކަނި ދުވުމުގެ އިވެންޓްކަމުގައިވާ "ދިރާގު މޯލްޑިވްސް ރޯޑް 2019" ގައި ބައިވެރިވާން ރެޖިސްޓްރޭޝަންސް މިރޭ ހުޅުވާލައިފި އެވެ.

މި ފަހަރުގެ ރޯޑް ރޭސް ގައި އެހެން އަހަރުތަކާ ހިލާފު ގިނަ އާ ކަންތައްތަކެއް ފެނިގެންދާނެ އެވެ. އެގޮތުން މި އަހަރުގެ ރޭހުގައި ދުވުންތެރިންނަށް ފަސް ކިލޯމީޓަރާއި ދިހަ ކިލޯމީޓަރުގައި ދުވުމުގެ ފުރުސަތު ލިބިގެން ދާނެއެވެ. މިއަހަރު ގެ ރޭހުގައި ދިހަ ކިލޯމިޓަރު ގެ ދުވުންތެރިންގެ ދުވުން އޮންނާނީ ހެނދުނު 6:00 ގައިއެވެ. އަދި 5 ކިލޯމީޓަރުގެ ދުވުން އޮންނާނީ ހަވީރު 4:30 ގައިއެވެ.

މި އަހަރުގެ ރޯޑް ރޭހުގައި ރެޖިސްޓްރޭޝަން ފީ ނުވަތަ ޑޮނޭޝަން ދެއްކޭނީ ހަމައެކަނި އޮންލައިންކޮށް ރެޖިސްޓްރޭޝަން ކުރާ ވަގުތުގައި އެވެ. ދިރާގު ޕޭ ނުވަތަ ބީއެމްއެލް ގޭޓްވޭ އިން ރެޖިސްޓްރޭޝަން ފީ ނުވަތަ ޑޮނޭޝަން ދެއްކޭނެ އެވެ. ދިރާގު ޕޭ އިން ފީ ދައްކާ ފުރަތަމަ 1،000 ފަރާތައް %50 ޑިސްކައުންޓު ލިބޭނެ އެވެ. މިއަހަރުގެ ރެޖިސްޓްރޭޝަން ފީ އަކީ 100 ރުފިޔާއެވެ.

ދުވުންތެރިންނަށް 100 ރުފިޔާއަށް ވުރެ އިތުރު ކޮންމެ އަދަދެއްވެސް ޑޮނޭޓްކުރެއްވުމުގެ ފުރުސަތު ލިބޭނެ އެވެ. މީގެ އިތުރުން މި އަހަރުގެ ރޭސް އަށް ރަޖިސްޓާ ކުރާ އިރު ދުވުންތެރިން ބޭނުންވާ ބިބް ނަންބަރު ނެގުމުގެ ފުރުސަތު ލިބޭނެ އެވެ. ބޭނުންވާ ބިބް ނަންބަރެއް ނަގާނަމަ ރެޖިސްޓްރޭޝަން ފީ އަކީ 500 ރުފިޔާއެވެ.

ދިރާގު ރޯޑް ރޭހުގައި ރަޖިސްޓްރާ ކުރަން http://dmrr.mv/ ވެބްސައިޓް އިން ކުރެވޭނެ އެވެ.

މި ރޭސް މިއަހަރު އޮންނާނީ އަންން ސެޕްޓެމްބަރު މަހުގެ 20 ވަނަ ދުވަހު ހުޅުމާލޭގައިއެވެ. މިއީ ދިރާގުން ރޯޑް ރޭސް ބާއްވަމުން އަންނަތާ 13 ވަނަ އަހަރެވެ.