ކަނޑުމަތީގެ ހާދިސާ

ފިނޮޅެއްގައި ހާލުގައި ޖެހިފައި ތިބި ބަޔަކު ސަލާމަތްކޮށްފި

ދަނގެތި ފަޅު ކައިރީގައި އޮންނަ ފިނޮޅު- މި ފިނޮޅުގައި ހާލުގައި ޖެހުނު ދިހަ މީހަކު ފުލުހުން ވަނީ ސަލާމަތްކޮށްފަ
0%
0%
0%

އީދު ޗުއްޓީއަށް ދަނގެއްޗަށް ގޮސް އުޅުނު އާއިލާ ބައެއްގެ ތެރެއިން ބައެއް މީހުން އެ ރަށް ކައިރީގައި އޮތް ފިނޮޅެއްގައި ހާލުގައި ޖެހިފައި ވަނިކޮށް ފުލުހުން ސަލާމަތް ކޮށްފި އެވެ.

ފުލުހުން ބުނީ، މިއަދު 4:55 އެހާކަންހާއިރު ފުލުހުންނަށް، ރިޕޯޓް ކޮށްފައިވާ ކަމަށެވެ. ހާލުގައި ޖެހިފައިވަނީ، ހަތަރު ފިރިހެނަކާއި، ހަތް އަންހެނެއްގެ އިތުރުން ހަމަހުގެ ތުއްތު ކުއްޖެކެވެ. މި އެންމެން ހާލުގައި ޖެހިފައި ވަނިކޮށް ފުލުހުން ސަލާމަތްކުރީ މިއަދު ހަވީރު 6:55 އެހާކަންހާއިރު ކަމަށެވެ.

ހާލުގައި ޖެހުނު މީހުން ސަލާމަތް ކުރުމުގައި އެރަށު އިތުރު އޮޑިފަހަރުވެސް ވަނީ ބައިވެރިވެފަ އެވެ. އިއްޔެ އާއި މިއަދު ކަނޑުމަތީގެ ގިނަ ހާދިސާތަކެއް ހިނގުމުގެ ސަބަބުން ފުލުހުން ވަނީ އެހީތެރިކަން ފޯރުކޮށްދީފަ އެވެ. މޫސުން ގޯސްވުމުގެ ސަބަބުން ރީނދޫ އެލާޓް ނެރެފައިވާތީ، ކަނޑު ދަތުރު ކުރުމުގައި ސަމާލުވެ ތިބުމަށް ފުލުހުން ވަނީ މިއަދު އިލްތިމާސްކޮށްފަ އެވެ.

4 comment
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910