މޯލްޑިވްސް ޕޮލިސް ސާވިސް

ލޯންޗަކުން ޖެހި މީހަކު މަރުވެއްޖެ

ފާނަ މަސްވެރިކަމަށް ފޭބި މީހެއްގެ ގައިގައި ލޯންޗަކުން ޖެހި މަރުވެއްޖެ އެވެ.

ފުލުހުން ބުނީ އދ. ދަނގެތި ކައިރިއަށް ފާނަ މަސްވެރިކަމަށް ފައިބައި އުޅުނު މީހެއްގެ ގައިގައި ލޯންޗަކުން ޖެހިފައިވާކަމުގެ މައުލޫމާތު މިއަދު ހެނދުނު 7:55 އެހާކަށްހާއިރު ރިޕޯޓްކޮށްފައިވާ ކަމަށެވެ.

ލޯންޗުން ޖެހުނު މީހާ އދ. ދަނގެތީ ސިއްހީ މަރުކަޒަށް ގެންދިޔައިރުވެސް މަރުވެފައިވާ ކަމަށް ސިއްހީ މަރުކަޒުން މައުލޫމާތު ދީފައިވާ ކަމަށްވެސް ފުލުހުން ބުނެ އެވެ.

މި ހާދިސާގައި މަރުވެފައިވަނީ ބިދޭސީ ފިރިހެނެކެވެ.

މި މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.