މޯލްޑިވްސް ޕޮލިސް ސާވިސް

މަރުވި ބިދޭސީ މީހާގެ ގައިގައި ޖެހުނު ލޯންޗުގެ ކެޕްޓަން ހައްޔަރުކޮށްފި

Jun 1, 2024
1
މަރުވި ބިދޭސީ މީހާގެ ގައިގައި ޖެހުނު ކަމަށް ބުނާ ލޯންޗު އޮތް ސަރަހައްދަށް އެހީވުމަށް ދިޔަ ލޯންޗް -- ފޮޓޯ: ވީޑިއޯ ސްކްރީންޝޮޓް
0%
0%
0%

މަރުވި ބިދޭސީ މީހާގެ ގައިގައި ޖެހުނު ލޯންޗުގެ ކެޕްޓަން ހައްޔަރުކޮށްފި އެވެ.

އދ. ދަނގެތި ކައިރިއަށް ފާނަ މަސްވެރިކަމަށް ފޭބި ބިދޭސީ ފިރިހެނެއްގެ ގައިގައި ލޯންޗަކުން ޖެހިފައިވާކަމުގެ މައުލޫމާތު ފުލުހުންނަށް ރިޕޯޓްކޮށްފައިވަނީ މިއަދު ހެނދުނު 7:55 ހާއިރު އެވެ.

ފުލުހުން ބުނީ މި މައްސަލައާ ގުޅިގެން ލޯންޗު ދުއްވި ކެޕްޓަން ހައްޔަރުކޮށްފައިވާ ކަމަށެވެ. އެއީ ދިވެހި ފިރިހެނެއް ކަމަށްވެސް ފުލުހުން ބުނެ އެވެ.

ލޯންޗުން ޖެހުނު މީހާ އދ. ދަނގެތީ ސިއްހީ މަރުކަޒަށް ގެންދިޔައިރުވެސް މަރުވެފައިވާ ކަމަށް ސިއްހީ މަރުކަޒުން މައުލޫމާތު ދީފައިވާ ކަމަށް ބުނެފައިވެ އެވެ.

1 comment
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910