ހަބަރު

ދައުލަތުން ބަދަލު ހޯދުމަކީ އެންމެ ގިނައިން ހިނގާ ވައްކަން: އާޒިމް

ދައުލަތުން ބަދަލު ހޯދުމަކީ މިހާރު އެންމެ ގިނައިން ހިނގާ ވައްކަން ކަމަށް އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕުގެ ލީޑަރު އަދި މެދުހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް ވިދާޅުވެއްޖެ އެވެ.

މަޖިލީހުގެ މެޖޯރިޓީ ލީޑަރުކަންވެސް ކުރައްވާ އާޒިމް މިއަދު ކުރެއްވި ޓުވީޓުތަކެއްގައި ވިދާޅުވީ، ދައުލަތުން ބަދަލު ހޯދުމަކީ މިހާރު އެންމެ ހިނގާ ވައްކަން ކަމަށާއި، އެހެން ނަމަވެސް އެ ދައްކަވަނީ ހައްގު ބަދަލު ހޯދަން އުޅޭ ފަރާތްތަކުގެ ވާހަކަ ނޫން ކަމަށެވެ. އާޒިމް ކުރުކޮށް ކުރައްވާފައިވާ އެ ޓުވީޓްތަކުގެ ތަފްސީލެއް އޭނާ ދެއްވާފަ އެއްނުވެ އެވެ.

އެހެންނަމަވެސް، މި ސަރުކާރު އައިފަހުން ގެއްލުމުގެ ބަދަލުގެ ގޮތުގައި ދައުލަތުން ބޮޑެތި އަދަދުތަކުން ފައިސާ ހޯދަން ބައެއް ކުންފުނިތަކުން ކޯޓުތަކަށް މައްސަލަ ހުށަހަޅާފައިވާއިރު، މިލިއަން އެ ފައިސާ ދައްކަން ދައުލަތުގެ މައްޗަށް ކޯޓުތަކުން ވަނީ ހުކުމްވެސް ކޮށްފަ އެވެ.

އަލީ އާޒިމް ކުރެއްވި ޓުވީޓް

އޭގެ ތެރޭގައި ދީބާޖާ މައްސަލަ އާއި، ސަރުކާރުގެ އިސްވެރިންތަކެއްގެ މަސްލަހަތު އޮންނަ ކުންފުނިތަކަކަށް މިލިއަނުން ފައިސާ ދައްކަން ދައުލަތުގެ މައްޗަށް ހުކުމްކޮށްފައިވާ ދެ މައްސަލައެއްވެސް ހިމެނެ އެވެ.