ހަބަރު

ވޭލް ސަބްމެރީން ޑޮކްގެ ފައްތިޔާ ކަނޑައިގެންގޮސް އެމްްްއެންޑީފުން ހަރަކާތްތެރިވަނީ

ވޭލް ސަބްމެރިން އަޅާފައި އޮންނަ ޑޮކްގެ ފައްތިޔާ ކަނޑައިގެންގޮސްގެން އެމްއެންޑީއެފުން ހަރަކާތްތެރިވާން ފަށައިފި އެވެ.

އެމްއެންޑީއެފުން ބުނީ، މޫސުން ގޯސްވެ ކަނޑު ގަދަވުމާއި ގުޅިގެން، ވޭލް ސަބްމެރިން އަޅާފައި އޮންނަ ޑޮކްގެ ފައްތިޔާ ކަނޑައިގެންގޮސްފައިވާ ކަމުގެ މައުލުމާތު ކޯސްޓްގާޑަށް ލިބިފައިވަނީ 15:22 ހާއިރު ކަމަށާއި، އެމައުލޫމާތު ލިބުމާއެކު އެ ސަރަހައްދުގައި ކޯސްޓްގާޑުން ހަރަކާތްތެރިވާން ފަށާފައިވާ ކަމަށެވެ.

މީގެ އިތުރުން އެމްއެންޑީއެފުން މިއަދު ވަނީ "ހޮނާސް ލެގަސީ" ނަމަކަށްކިޔާ ސަފާރީއެއް ދިޔަވަމުންދާ ކަމުގެ ރިޕޯޓް ލިބިގެން އެކަމުގައިވެސް ހަރަކާތްތެރިވެފަ އެވެ. އެ ސަފާރީގައި 18 ފަތުރުވެރިންނާއި، 12 ފަޅުވެރިން ތިބި ކަމަށްވެސް އެމްއެންޑީއެފުން ވަނީ ބުނެފަ އެވެ. އިއްޔެއިން ސުރެ ރާއްޖޭގެ އެކި ހިސާބުތަކަށް ގަދަވަޔާއި އެކު ވިއްސާރަކޮށް، ކަނޑުތަށް ގަދަވެ ގިނަ ހާދިސާތަކެއް ވަނީ ހިނގާފަ އެވެ. އެގޮތުން އިއްޔެ އެކަނިވެސް ކަނޑުމަތީގެ އަށް ހާދިސާއެެއް ހިގައިގެން ވަނީ ރިޕޯޓްކޮށްފަ އެވެ.

މޫސުމާ ބެހޭ އިދާރާއިންނާއި. ސިފައިންނާއި، ފުލުހުންވެސް ވަނީ މިދުވަސްކޮޅު ކަނޑުދަތުރުފަތުރު ކުރުމުގައި ސަމާލުވުމަށް އެދިފަ އެވެ.