ހަބަރު

މެދުރާއްޖެ ސަރަހައްދަށް ޔެލޯ އެލާޓް ނެރެފި

ރާއްްޖެ އަށް މިހާރު ކުރަމުންދާ ހުޅަނގު މޫސުމުގެ ވިއްސާރައިގައި ބ. އަތޮޅުން ފެށިގެން ވ. އަތޮޅާ ހަމައަށް މޫސުން ގޯސްވާނެ ކަމަށް ލަފާ ކުރެވޭތީ މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާވިސް އިން އިން ޔެލޯ އެލާޓް ނެރެފި އެވެ.

މޫސުމާ ބެހޭ ގައުމީ އިދާރާއިން ޔެލޯ އެލާޓް ނެރެފައިވަނީ މިއަދު ހެނދުނު 8:45 އިން ފެށިގެން މެންދުރު 12:00 އާ ހަމައަށެވެ.

އެ އިދާރާއިން ނެރުނު އެލާޓުގައި ބުނާ ގޮތުން، ބޯކޮށް ވާރޭ ވެހުމާ އެކު ވިލާގަނޑުގައި ގަޑިއަކު 55 މޭލަށް ވައި ގަދަ ވާނެ ކަމަށް ވަނީ ލަފާކޮށްފަ އެވެ.

މެދު ރާއްޖެތެރެއަށް ޔެލޯ އެލާޓް ނެރުމުގެ ކުރިން ހއ. އަތޮޅުން ފެށިގެން ތ އަށް ވައިޓް އެލާޓް ވެސް މިއަދު ވަނީ ނެރެފަ އެވެ.

ބޮޑު ސަރަހައްދަކަށް ވައިޓް އެލާޓް ނެރެފައިވަނީ، މިއަދު ހެނދުނު 7:40 އިން މެންދުރު ފަހު 1:40 އަށެވެ. އެލާޓުގައި ބުނާ ގޮތުން، ބޯކޮށް ވާރޭ ވެހުމާ އެކު ވިލާގަނޑުގައި ގަޑިއަކު 50 މޭލަށް ވައި ގަދަވާނެ ކަަމަށް ވެސް މެޓުން ލަފާކުރެ އެވެ.

ރާއްޖޭގެ ބޮޑު ބަޔަކަށް ވިއްސާރަ ކުރަމުންދާއިރު ބައެއް ރަށްރަށުގައި މިއަދު ވަނީ ފެންބޮޑުވެފަ އެވެ. އެގޮތުން ޅ. ނައިފަރުގައި ފެންބޮޑުވެ، ބައެއް ގޭގެއަށް ފެން ވަދެފައިވާ ކަމަށް މިއަދު ވަނީ ރިޕޯޓުކޮށްފަ އެވެ.

އަދި، މި މޫސުމުގައި ކަނޑުދަތުރުކުރުމުގައި ސަލާމަތާއި ރައްކާތެރިކަން ހޯދުމަށްވެސް މެޓް އޮފީހުން ވަނީ އެދިފަ އެވެ.