ބޮލީވުޑް

"ބައިޕާސް ރޯޑް" ނޮވެމްބަރު ގައި

އެކްޓަރު ނީލް ނިތިން މުކޭޝްގެ ކޮއްކޮ ނަމަން ނިތިން މުކޭޝްގެ ފުރަތަމަ ޑައިރެކްޝަނަށް ނެރޭ "ބައިޕާސް ރޯޑް" އަންނަ ނޮވެމްބަރު މަހުގެ ފުރަތަމަ ދުވަހު ރިލީޒް ކުރަން ހަމަޖެހިއްޖެ އެވެ.

ފިލްމުގެ ރިލީޒް ޑޭޓް އިއުލާން ކުރަމުން ވަނީ ފުރަތަމަ ލުކް ވެސް ދައްކާލާފަ އެވެ.

މި ފިލްމުގެ ލީޑް ރޯލު ކުޅޭނީ ނީލް އާއި އަދާ ޝަރުމާ އެވެ. އިތުރު ކާސްޓުންގެ ތެރޭގައި ޝަމާ ސިކަންދަރު، ގުލް ޕަނަންގް، ރަޖިތު ކަޕޫރް އަދި ސުދާންޝޫ ޕާންޑޭ ހިމެނެ އެވެ.

ހަބަރުތައް ބުނާ ގޮތުގައި މި ފިލްމުގައި ދައްކުވައިދޭނީ އެ އަވަށުގައި ހިނގާ މަރެއްގެ ހާދިސާ އެވެ. ތުރިލާއެއްގެ ގޮތުގައި ގެނެސްދޭ "ބައިޕާސް ރޯޑް" އަކީ ނީލްގެ ސްކްރީންޕްލޭއަކަށް ހަދާފައިވާ ފިލްމެކެވެ.

ނީލް އެންމެ ފަހުން ފެނުނީ، ސަލްމާން ޚާން އާއި ސޯނަމް ކަޕޫރު އާއެކު "ޕްރޭމް ރަތަން ދަން ޕާޔޯ" ލޯބީގެ ފިލްމުންނެވެ. އެއަށްފަހު "ވަޒިރް"ފިލްމުގައި ހާއްސަ ފެނިލުމަކުން ފެނުނެވެ.