ވިޔަފާރި

ލިލީ ބީޗް ރިސޯޓުން އާ ބީޗް ކޮޓަރިތަކެއް ހުޅުވައިފި

Aug 20, 2019
1

ލިލީ ބީޗް ރިސޯޓް އެންޑް ސްޕާ އިން އާ ބީޗް ކޮޓަރިތަކެއް ހަދައި ހުޅުވައިފި އެވެ.

ޓޫރިޒަމް ހަބަރުތައް ގެނެސްދޭ މޯލްޑިވްސް އިންސައިޑާ އިން ބުނި ގޮތުގައި އެ ރިސޯޓުގައި ހުޅުވި "ބީޗް ސުއިޓް" ހަދާފައިވަނީ އާއިލާ އެއްކޮށް ގޮސް ޗުއްޓީ ހޭދަކޮށްލެވޭނެ ވަސީލަތްތަކާއެކުގަ އެވެ.

މި ކޮޓަރިތައް ފަރުމާކޮށްފައިވަނީ މިތަނުގައި ތިބޭއިރު ސީދާ މޫދު ފެންނަ ގޮތަށް ހިތްގައިމު ފަރުމާއަކާއެކުގަ އެވެ. މި ތަނުގައި ސަން ޑެކެއް ހުންނައިރު މީގެ ކޮންމެ ސުއިޓެއްގައި ދެ ކޮޓަރި ހުރެ އެވެ.

ލިލީ ބީޗް ރިސޯޓުން ބުނެފައިވާ ގޮތުގައި މި ތަން ފަރުމާކޮށްފައިވަނީ ދިވެހި ވަންތަ ސިފަތައް ނުގެއްލޭނެ ގޮތަކަށެވެ. މި ކޮޓަރިތަކުގެ ފާހާނާގައި ބަގީޗާއަކާއެކު އޯޕަން އެއާ ޝަވަރެއް ހުރެ އެވެ.

އދ. އަތޮޅުގައި ހިންގަމުން ގެންދާ ލިލީ ބީޗް ރިސޯޓް އެންޑް ސްޕާގައި ފަސް ގިންތިއެއްގެ 125 ކޮޓަރި ހުރެ އެވެ. އަދި މިއީ އޯލް އިންކްލޫސިވް ރިސޯޓެކެވެ.