އިންޑިއާގެ މުސްލިމް މެޖޯރިޓީ ސްޓޭޓެއް ކަމަށްވާ ކަޝްމީރަށް ދީފައިވާ ހާއްސަ އިމްތިޔާޒުތަށް އުވާލުމުގެ ސަބަބުން އުފެދިފައިވާ ހަމަނުޖެހުންތަށް ކޮންޓްރޯލްކުރުމަށް އިންޑިއާ އާއި ޕާކިސްތާނު ގުޅިގެން މަސައްކަތް ކުރަން ޖެހޭ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕު ވިދާޅުވެއްޖެ އެވެ.
އެމެރިކާގެ ރިޔާސީ ގަނޑުވަރު ވައިޓް ހައުސްގައި، އިންޑިއާގެ ބޮޑު ވަޒީރާއި ޕާކިސްތާނުގެ ބޮޑު ވަޒީރާއެކު ކަޝްމީރު މައްސަލައިގައި ކުރިއަށް ދިޔަ ބައްދަލުވުމުގައި ޓްރަމްޕު ވިދާޅުވީ، ކަޝްމީރަކީ އިންޑިއާ އަދި އެމެރިކާއަށް ވެސް މުހިންމު ސަރަހައްދަކަށްވާއިރު، އެންމެ ރަނގަޅު ގޮތަކީ ދެ ގައުމު މަޝްވަރާކޮށްގެން ކަޝްމީރު މައްސަލައަށް ހައްލެއް ގެނައުން ކަމަށެވެ.
ބައްދަލުވުމުގެ ތެރެއިން އިމްރާން ހާން ކަޝްމީރުގެ މުސްލިމުން މިހާރު ތިބީ އިންސާނީ ހައްގުތަކުން މަހޫރުމްވެފައިވާ ކަމަށް ވިދާޅުވުމުން، ޓްރަމްޕު ވަނީ އިމްރާން ހާން އާއި ވަކިން ބައްދަލުކުރުމަށް ވެސް ނިންމަވާފަ އެވެ. އަދި އދ. ކަޝްމީރު މުސްލިމުންގެ ހާލަތު ގާތުން ބަލައި ކުށްވެރިވާ ފަރާތްތަކާމެދު ފިޔަވަޅު އަޅަން ބޭނުންވާ ކަމަށް ވެސް އިމްރާން ހާން ވަނީ ޓްރަމްޕު ކައިރީ ވިދާޅުވެފަ އެވެ.
ކަޝްމީރަށް ސްޓޭޓަށް ދީފައިވާ ހާއްސަ އިމްތިޔާޒުތަށް އުވާލުމުން ޕާކިސްތާނުން ވަނީ އެކަމާ ވަރަށް ބޮޑަށް ފާޑު ކިޔައި، ކަޝްމީރާއި ޕާކިސްތާނުގެ ބޯޑަރު ގުޅޭ ސަރަހައްދަށް ހަތިޔާރު ޖަމާކޮށް ހަމަލާއެއް ދީފާނެ ކަމުގެ އިންޒާރުދީފަ އެވެ. ކަޝްމީރުގެ މުސްލިމުންނާ ދެކޮޅަށް އިންޑިއާ ސިފައިން އަމަލުކުރަމުންދާ ގޮތުގެ ސަބަބުން، އިންސާނީ ހައްގުތަށް ގެއްލިފައިވާ ކަމަށް ދުނިޔޭގެ ގިނަ ގައުމުތަކުން ވަނީ ބުނެފަ އެވެ. އަދި މުސްލިމް ގައުމުތަކުގެ ޖަމިއްޔާ ކަމަށްވާ އޯއައިސީއިން ވެސް ވަނީ އިންޑިއާ ސަރުކާރުގެ އަމަލުތައް ކުށްވެރިކޮށްފަ އެވެ. ބަދަލުގައި އިންޑިއާއިން ވަނީ ޕާކިސްތާނަށް ނިއްކުލިއާ ހަމަލާއެއް ދޭން ޖެހިދާނެ ކަމަށް ބުނެފަ އެވެ.
ކަޝްމީރަށް ލިބިދޭ ހާއްސަ އިމްތިޔާޒުތަށް އުވާލީ ރައީސް ރާމް ނާތް ކޯވިންދު އެވެ. އެނިންމުމަށް ތައުރީފުކުރައްވާ ނަރެންދްރާ މޯދީ ވިދާޅުވީ، ކަޝްމީރަށް ލިބިދޭ ހާއްސަ އިމްތިޔާޒުތަށް ފުރިހަމަވުމުން އިންޑިއާގެ މިނިވަންކަން މިހާރު ފުރިހަމަވެފައިވާ ކަމަށެވެ. އިންޑިއާގެ ގާނޫނު އަސާސީގެ 370 ވަނަ މައްދާގައި ބަޔާންކޮށްފައިވާ ކަޝްމީރަށް ދީފައިވާ ހާއްސަ އިމްތިޔާޒުތަކަކީ، އެހެން ސްޓޭޓްތަކުގެ މީހުނަށް ކަޝްމީރުން ބިން ނުގަނެވުމާއި، ކަޝްމީރު ސްޓޭޓުގެ ސަރުކާރުން އިއުލާންކުރާ ވަޒީފާ އަދި ސްކޯލާޝިޕްތައް އެހެން ސްޓޭޓްތަކުގެ މީހުންނަށް ނުލިބެނޭ އެވެ. އަދި އެހެން ސްޓޭޓުތަކުގެ މީހުނަށް ކަޝްމީރުގެ ރަށްވެހިކަން ވެސް ނުލިބޭނެ އެވެ.
ރައީސް ރާމް ނާތް ކޯވިންދު އުވާލި ކަޝްމީރަށް ހައްސަ އިމްތިޔާޒުތަށް ލިބދޭ ގާނޫނޫ އަސާސީގެ 370 ވަނަ މާއްދާގެ ދަށުން އެހެން ސްޓޭޓްތަކުގެ މީހުނަށް ކަޝްމީރުން ބިން ނުގަނެވުމާއި، ކަޝްމީރު ސްޓޭޓުގެ ސަރުކާރުން އިއުލާންކުރާ ވަޒީފާ އަދި ސްކޯލާޝިޕްތައް އެހެން ސްޓޭޓްތަކުގެ މީހުންނަށް ނުލިބެނޭ އެވެ. އަދި އެހެން ސްޓޭޓުތަކުގެ މީހުނަށް ކަޝްމީރުގެ ރަށްވެހިކަން ވެސް ނުލިބޭނެ އެވެ.
ގާނޫނު ހަދާ މަޖިލީހުން ކަޝްމީރަށް ހާއްސަ އިމްތިޔާޒުތަކެއް ލިބިދޭ މާއްދާ އުވާލުމުން، އިންޑިއާގެ ގިނަ ބަޔަކު ދަނީ އުފާ ފާޅު ކުރަމުންނެވެ. ހާއްސަކޮށް ހިންދޫން ދަނީ އުފާ ފާޅު ކުރަމުންނެވެ. ކަޝްމީރުން ބިން ގަތުމަށް މިހާރުވެސް 10.000 ވުރެ ގިނަ މީހުން ވަނީ އެދިފަ އެވެ. މީގެ އިތުރުން ކަޝްމީރުގެ ޔުނިވާސިޓީތަކުގެ ސްކާލާޝިޕްތަކަށާއި ވަޒީފާތަކަށް އެހެން ސްޓޭޓްތަކުގެ މީހުން ވަނީ އެދެން ފަށާފަ އެވެ.
ހާއްސަ އިމްތިޔާޒުތަށް އުވާލުމަށް ނިންމުމުން ކަޝްމީރުގެ މުސްލިމުން ވަނީ އެކަމާ ދެކޮޅު ހަދާފ އެވެ. ނަމަވެސް އިންޑިއާ ސަރުކާރުން ވަނީ 10،000 ސިފައިން ހުރިހާ ގާނޫނީ ބާރުތަކެއް ލިބިދޭ ގޮތަށް ކަޝްމީރަށް ފޮނުވާފަ އެވެ. މި ބާރުގެ ދަށުން އިންޑިއާ ސިފައިން ވަނީ ކަޝްމީރުގެ މުސްލިމް ސިޔާސީ ލީޑަރުން ސިއްރު ތަނެއްގައި ބަންދު ކޮށްފަ އެވެ.
ހަމަނުޖެހުން ހިންގާކަމަށް ބުނެ، އިންޑިއާގެ ސިފައިން ވަނީ ކަޝްމީރުގައި ދިރިއުޅޭ މުސްލިމް ކުޑަ ކުދިން އަދި މުސްކުޅިންގެ ލޮލަށް ކަރުނަ ގޭސް ޖެހުމުގެ ސަބަބުން ބައެއް ފަރާތްތަކުގެ ލޮލުގެ ފެނުން ވަނީ ގެއްލިފަ އެވެ.