ވިޔަފާރި

ދިރާގުން ސެމްސަންގް ފަހުގެ ފޯނު ތައާރަފުކޮށް، ޕްރީއޯޑަރަށް

ސެމްސަން ކުންފުނިން އެންމެ ފަހުން މާކެޓަށް ނެރުނު، ގެލެކްސީ ނޯޓް 10 އަދި ނޯޓް 10 ޕްލަސް ދިރާގުން ތައާރަފުކޮށް، ޕްރީ އޯޑަރަށް ހުޅުވާލައިފި އެވެ.

ދިރާގުގެ މައި އޮފީހުގައި މިރޭ ބޭއްވި ރަސްމިއްޔާތެއްގައި ސެމްސަންގެ ފަހުގެ ފޯނު ތައާރަފު ކޮށްދެއްވީ ދިރާގުގެ ޗީފް މާކެޓިން އޮފިސަރު މަހުމޫދު ދައްސޭ އާއި ސެމްސަން އިންޑިއާ އިލެކްޓްރޯނިކްސް ކުންފުނީގެ އޮފިޝަލެއް ކަމަށްވާ ވައި ކޭ ހޮންގެވެ

ފޯނުގެ ތަކުގެ ވާދަވެރިކަން ބޮޑުވެފައި ވަނިކޮށް ސެމްސަންގް ކުންފުނިން މި ފަހަރު ނެރުނު ގެލެކްސީ ނޯޓް 10 އަދި ނޯޓް 10 ޕްލަސް އަށް ހާއްސަ ގިނަ ސިފަ ތަކެއް ގެނެސްދީފަ އެވެ. މި ފޯނުގެ ހާއްސަ ބައެއް ސިފަތަކުގެ ތެރޭގައި ފޯނުގެ ސްކްރީން އާދަޔާ ހިލާފަށް ބޮޑުވުމާއި ލައިވް ވީޑިއޯ ކުރަމުންދާއިރު ފަހަތް ބްލާކޮށްލެވޭ "ލައިވް ވީޑިއޯ ފޯކަސް" ހިމަނާފައިވުން ހިމެނެ އެވެ.

މި ފޯނުގައި ހިމެނޭ ހާއްސަ އެހެން ސިފަ ތަކުގެ ތެރޭގައި ސެމްސަންގްގެ ފޯނުތަކުގެ "އެސް ޕެން" އަށް ގެނެސްދީފައިވާ އެޑްވާންސް ފީޗާ ހިމެނެ އެވެ. މި ޕެން ފޯނުގައި ނުޖައްސައި ފޯނާ ކުޅެލެވޭ ގޮތަށް ބްލޫ ޓޫތުން ފޯނާ ވަނީ ގުޅުވާލާފަ އެވެ. ފޯނުގެ މެމޮރީ ބޮޑުވުމާއި ގިނަ އިރު ޗާޖު ހިފެހެއްޓުން ވެސް މިއީ ހާއްސަ ސިފަ އެކެވެ.

ދިރާގުން ވަނީ ސެމްސަންގެ މި ފޯނު ޕްރީ އޯޑަރަށް ހުޅުވާލުމާއެކު ރެއިން ފެށިގެން އޮންލައިން މެދުވެރިކޮށް ބުކް ކުރެވޭނެ އިންތިޒާމު ހަމަޖައްސާފަ އެވެ. އަދި މި ފޯނު ނަގަން ހާއްސަ ޕެކޭޖު ތަކެއް ވެސް ތައާރަފުކޮށްފައި ވެއެވެ.