ޓްރީ ޓޮޕް ހޮސްޕިޓަލް

ބީރުު މީހަކަށް އަޑު އިވުން ޓްރީޓޮޕުން އިޔާދަކޮށްދީފި

ދިހަ އަހަރު ވަންދެން ކަންފަތުގެ އަޑު އިވުމުން މަހުރުމޫވެފައިވާ މީހަކަށް ޓްރީޓޮޕުން ކާމިޔާބު އޮޕަރޭޝަނެއްކޮށް، އަޑު އިވުން އިއާދަކޮށްދީފި އެވެ.

ޓްރީޓޮޕްގެ ބިޒްނަސް ޑިވެލޮޕްމެންޓް ޑިރެކްޓަރު އިބްތިޝާމާ ސައީދު މިރޭ ވިދާޅުވީ، މިދިއަ މާޗް މަހު އޮޕްރޭޝަން ކޮށްފައިވަނީ މެދު އުމުރުގެ ދިވެއްސެއް ކަމަށެވެ. ނަމަވެސް އެމީހާގެ ތަފްސީލެއް ހާމައެއް ނުކުރެ އެވެ.

އޮޕަރޭޝަން ކާމިޔާބު ކަމާއެކު ނިންމުމުން މިއަދު އެމީހާ ވަނީ ހޮސްޕިޓަލަށް ޝުކުރު އަދާކޮށް ސިޓީ އެއްވެސް ލިޔެފަ އެވެ. އެ ސިޓީގައި ވަނީ ޓްރީޓޮޕުން ދިން އެއްބާރުލުމަށް ޝުކުރު އަދާކޮށްފަ އެވެ.

އިބްރިޝާމާ ވިދާޅުވި ގޮތުގައި ހޮސްޕިޓަލަށް އެމީހާ ދިޔައިރު އެމީހާގެ ދެ ކަންފަތަށް ވެސް އަޑު ނީވެ އެވެ. މިހާރު އޮޕަރޭޝަން ކޮށްފައިވަނީ އެއް ކަންފަތެވެ. ކުރިއަށް އޮތް ތަނުގައި އަނެއް ކަންފަތުގެ ވެސް އޮޕަރޭޝަން ކުރަން އެމީހާ ބޭނުންވާ ކަމަށެވެ.

ޓްރީޓޮޕުން ވަނީ މިދިއަ ފެބްރުއަރީ މަހު ގުނަވަން ނެގުމަށް ކުރާ އޮޕަރޭޝަނެއް ވެސް ކާމިޔާބު ކަމާއެކު ކޮށްފަ އެވެ.