ހަބަރު

އެމްއާރްއެމް އޮންނާނީ ސަރުކާރާއެކު

Aug 25, 2019
1

މޯލްޑިވްސް ރިފޯމް މޫވްމަންޓް (އެމްއާރްއެމް) އިން ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރާއެކު އޮންނާނެ ކަމުގެ ޔަގީން ކަން ރައީސް މައުމޫން އަބްދުލް ގައްޔޫމް ދެއްވައިފި އެވެ.

ރައީސް މައުމޫން އެ ޔަގީންކަން ރައީސް ސޯލިހަށް ދެއްވީ މިއަދު ހަވީރުގެ ވަގުތެއްގައި ރައީސް އޮފީހަށް ވަޑައިގެން އެމަނިކުފާނާ ބައްދަލު ކުރައްވާ ދެއްކެވި ވާހަކަފުޅުގަ އެވެ.

އެ ބައްދަލުވުމަށް ފަހު ކުރެއްވި ޓްވީޓެއްގައި ރައީސް މައުމޫން ވިދާޅުވީ ރައީސް ސޯލިހާ ބައްދަލު ކުރައްވާފައިވާ ކަމަށާއި އެމްއާރްއެމް ރަޖިސްޓާ ކުރުމުގެ މަސައްކަތް ކުރަމުންދާއިރު އެ ޕާޓީގެ އެއްބާރުލުން ލިބޭނެ ކަމުގެ ޔަގީންކަން އެމަނިކުފާނަށް ދެއްވާފައިވާ ކަމަށެވެ. އޭގެ އިތުރުން ވެސް ގައުމީ މުހިންމު މައްސަލަތަކާ ބެހޭ ގޮތުން ރައީސް ސޯލިހުއާ މަޝްވަރާ ކުރައްވާފައިވާ ކަމަށް ރައީސް މައުމޫން ވިދާާޅުވި އެވެ.

ރައީސް މައުމޫން ކުރެއްވި ޓްވީޓު

ޕީޕީއެމް ހޯދުމުގެ މަސައްކަތް ނާކާމިޔާބުވުމާއެކު މައުމޫން ރީފޯމް މޫވްމަންޓުގެ ނަމުގައި ރައީސް މައުމޫން ހިންގެވި އިސްލާހީ މަސައްކަތުގެ ނަން ބަދަލު ކުރައްވާ ސިޔާސީ ޕާޓީއެއް ރަޖިސްޓާ ކުރުމުގެ މަސައްކަތް އެމަނިކުފާނު ފެއްޓެވީ މިދިޔަ ފެބްރުއަރީ މަހު ކުރީ ކޮޅެވެ. އަދި އޭގެ ހަތް މަސް ފަހު މިދިޔަ ބުރާސްފަތި ދުވަހު ވަނީ 3،313 ފޯމާއެކު ޕާޓީ އުފެއްދުމަށް އީސީއަށް ހުށަހަޅައިފަަ އެވެ.