އެމްއާރުއެމް

ރިޔާސީ އިންތިހާބުގައި އެމްޑީޕީއާއެކު ކޯލިޝަން ނުހަދަން އެމްއާރްއެމުން ނިންމައިފި

ރައީސް އިބްރާހީމް މުހައްމަދު ސޯލިހު އާއި އެމްއާރްއެމްގެ ޒައީމް އަދި ކުރީގެ ރައީސް މައުމޫން އަބްދުލްޤައްޔޫމް -- ފޮޓޯ: އަވަސް
0%
0%
0%

ކުރިއަށް އޮތް ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި އެމްޑީޕީއާއެކު ކޯލިޝަން ނުހަދަން މޯލްޑިވްސް ރިފޯމް މޫވްމެންޓް (އެމްއާރްއެމް) އިން ނިންމައިފި އެވެ.

ރިޔާސީ އިންތިހާބުގައި އެމްޑީޕީއާއެކު ކޯލިޝަން ހަދަން މަޝްވަރާ ކުރުމަށް އެމްޑީޕީގެ ލީޑަރު އަދި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ވަނީ އެމްއާރްއެމްގެ ޒައީމް، ރައީސް މައުމޫން އަބްދުލްގައްޔޫމަށް ދައުވަތު ދެއްވާފަ އެވެ.

އެ ދައުވަތާ ގުޅޭގޮތުން މަޝްވަރާ ކުރުމަށް އެމްޑީޕީގެ އިސްވެރިންނާއެކު ބައްދަލުވުމެއް ބާއްވާފައިވާއިރު ނުރަސްމީކޮށް އަދި ލިޔެކިޔުމުން ކުރެވުނު މަޝްވަރާތަކުގައި އެމްއާރްއެމުން ތާއީދުކުރާ ސިޔާސަތުތައް ހާމަކޮށްފައިވާ ކަމަށް އެމްއާރްއެމުން ވަނީ ބުނެފަ އެވެ.

އެމްއާރްއެމުން ބުނީ މެއި ފުރަތަމަ ދުވަހުގެ ރޭ އެ ޕާޓީގެ އޮފީހުގައި ބޭއްވި ބައްދަލުވުމަށްފަހު އެމްޑީޕީގެ ހުށަހެޅުންތައް އެމްއާރްއެމްގެ އެކްސްކޯއަށް ހުށަހަޅާ މަޝްވަރާކޮށްފައިވާ ކަމަށެވެ.

އެމްޑީޕީން ހުށަހެޅި ބައެއް ސިޔާސަތުތަކަށް އެމްއާރްއެމަށް އެއްބަސް ނުވެވޭތީ ކުރިއަށް އޮތް ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި އެމްޑީޕީއާއެކު މަސައްކަތްކުރަން ނުފެންނަ ކަމަށް ޕާޓީގެ އެގްޒެކެޓިވް ކޮމިޓީގެ މިއަހަރުގެ 10 ވަނަ ބައްދަލުވުމުގައި ނިންމާފައިވާ ކަމަށް އެމްއާރްއެމުން ވަނީ ބުނެފަ އެވެ. ނަމަވެސް ރިޔާސީ އިންތިހާބުގައި ކޯލިޝަން ހެދުމަށް އެމްއާރްއެމަށް ދިން ދައުވަތަށް އެ ޕާޓީން ވަނީ ޝުކުރު އަދާކޮށްފަ އެވެ.

ރިޔާސީ އިންތިހާބުގައި އެއް ކެންޑިޑޭޓަކު ނެރުމަށް އެމްއާރްއެމް އާއި ޖުމްހޫރީ ޕާޓީ އާއި މޯލްޑިވްސް ނެޝަނަލް ޕާޓީ އާއި ޕީޕީއެމްގެ އިތުރުން ދަ ޑިމޮކްރެޓްސް އިން ދަނީ މަޝްވަރާކުރަމުންނެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910