ބޮލީވުޑް

ބަލަކޮޓް އޮޕަރޭޝަނަށް ފިލްމެއް ހަދަނީ

މި އަހަރު ފެބްރުއަރީ މަހުގެ ތެރޭގައި ޕާކިސްތާނުގެ ހަނގުރާމަވެރި ޖަމާއަތަކުން ކަޝްމީރުގެ ޕުލްވާމާއަށް ދިން ހަމަލާއަށް ފަަހު އިންޑިއާ އިން ޕާކިސްތާނާ ދެކޮޅަށް ކުރިއަށް ގެންދިޔަ އަސްކަރީ ވައިގެ އޮޕަރޭޝަނަންް "ބަލަކޮޓް އޮޕަރޭޝަން" އަށް ބިނާކޮށް ވިވެކް އޮބެރޯއީ ފިލްމެއް ހަދަން ނިންމައިފި އެވެ.

ފިލްްމާ ބެހޭ ގޮތުން އިންޑިއާގެ ނޫސްތަކަށް ދިން އިންޓަވިއުގައި ވިވެކް ބުނީ މި ފިލްމުގައި އިންޑިއާގެ ހިތްވަރުގަދަ ސިފަައިންގެ ވިސްނުމާއި އިންޑިއަން އެއާ ފޯސް (އައިއޭއެފް) ގެ ވިންގް ކޮމާންޑަރު އަބިނަންދަން ވަރުތަމަން ދެއްކި މިސާލު ފިލްމުގައި ދައްކުވައިދޭނެ ކަމަށެވެ. އަދި ޕުލްވާމާ އެޓޭކުން ފަަށައިގެން އެ ހަމަލަ ދިނުމާ ހަަމައަށް ހިނގި ހުރިހާކަމެއް އޭނާ ވެސް ވަރަށް ގާތުން ބެލި ކަމަށާއި އެކަންކަމާ ގުޅިގެން ފެތުރުނު ވާހަކަތަކަށް މި ފިލްމު މެދުވެރިކޮށް ނިމުމެއް ގެންނާނެ ކަމަށެވެ.

ފިލްމު ހަދަން އިންޑިއާގެ އެއާފޯސް އިން ހުއްދަ ދިނީތީ ޝުކުރު އަދާ ކުރަމުން މި ހާދިސާ ފިލްމެއްގެ ގޮތުގައި އެންމެ ފުރިހަމައަށް ގެނެވޭތޯ ބަލާނެ ކަމަށްވެސް ބުންޏެވެ.

މި ފިލްމުގައި ޕުލްވާމާ އަށް ދިން ހަމަލާގައި މަރުވި 40 ސިފައިންނާއި ބަަލަކޮޓް އޮޕަަރޭޝަން އަށް ކުރި މަސައްކަތް ގެނެސްދޭނެ އެވެ. އަދި، އޮޕަރޭޝަނުގެ ތެރެއިން ޕާކިސްތާނުން އަބިނަންދަން ދަތުރުކުރި ޖެޓް ވައްޓާލާ ހައްޔަރުކުރުމާއި، ދޫކޮށްލުންވެސް ގެނެސްދޭނެ ކަމަށް ބުނެފައިވެ އެވެ.

ފިލްްމުގައި އަަބިނަންދަންގެ ރޯލުން ފެންނާނީ ކޮން ތަރިއެއް ކަމެއް އަަދި ޔަގީންކޮށްފައި ނުވާއިރު ފިލްމުގެ އިތުރު ތަފްސީލެއް ވެސް ހާމަ އެއް ނުކުރެ އެވެ. އެހެން ނަމަވެސް ފިލްމުގެ ޝޫޓިިން އަހަރުގެ ފަަހުކޮޅު ކަޝްމީރާއި އާގަރާ އަދި ނިއުދިއްލީގައި ނަގަން ހަމަޖެހިފައިވާ ކަމަށް ވަނީ ރިޕޯޓުކޮށްފަ އެވެ.