ހަބަރު

މަހަށް ދިޔަ ބިދޭސީއަކު ކުއްލި ގޮތަކަށް މަރުވެއްޖެ

ހއ ތުރާކުނު ކައިރިން މަހަށް ގޮސް އުޅުނު ބިދޭސީއަކު ކުއްލިގޮތަކަށް މިއަދު މަރުވެއްޖެ އެވެ.

ތުރާކުނު ކައުންސިލްގެ ނައިބު ރައީސް ތޯހާ އަލީ ވިދާޅުވީ އެ މީހާ މަރުވި ކަމުގެ ހަބަރު ލިބުނީ މިއަދު ހަވީރު 4:15 ތުރާކުނު ބޭރުން ހަ މޭލުން މަސްދޯނި ދަތުރުކުރަނިކޮށް ކަމަށެވެ. އެ ބިދޭސީ މީހާއަކީ އއ. ތޮއްޑޫ މަސްދޯންޏެއްގައި މަސައްކަތް ކުރާ މީހެއް ކަމަށެވެ.

ތޯހާ ވިދާޅުވި ގޮތުގައި އެ މީހާ މަރުވެފައިވަނީ މެއަށް ތަދެއް އަރައިގެނެވެ. އަދި އެ ބިނދޭސީ މީހާ އެ ރަށު ހޮސްޕިޓަލަށް ގެންގޮސްފަވާ ކަމަށާއި ހޮސްޕިޓަލަށް ގެންދިއަ އިރުވެސް ބިނދޭސީ މީހާ އޮތީ މަރުވެފައި ކަމަށެވެ.

އެ ބިނދޭސީ މީހާއަކީ އއ ތޮއްޑޫ މަސްދޯނިއެއްގައި މަސައްކަތް ކުރާ މީހެއް ކަމަށެވެ. އަދި ވިދާޅުވީ މި މައްސަލަ ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށެވެ.