ބޮލީވުޑް

އަންނަ އަަހަރު ފަރާ ޚާންގެ އާ ފިލްމެއް

ބޮލީވުޑްގެ ކްލެސިކް ފިލްމުތަކުން އެންމެ ޒަމާނީ ފިލްމުތައް ވެސް އުފައްދާފަައިވާ ޑިރެކްޓަރު / ޕްރޮޑިއުސަރު ފަރާ ޚާންގެ އާ ފިލްމެއް އަންނަ އަހަރު ފަހުކޮޅު ނެރެން ނިންމާފަައިވާ ކަމަށް ބުނެފި އެވެ.

މުމްބާއީގައި އޮތް ރަސްމިއްޔާތަކަށްފަަހު މީޑިއާއިން ކުރި ސުވާލުތަކަށް ޖަވާބުދެމުން ފަރާ ބުނީ އަަންނަ އަހަރު ފިލްމެއް ނެރެން ހަމަޖެހިފައިވާ ކަމަށާއި ނަމަވެސް އެއީ ކޮން ފިލްމެއްކަން އަަދި ބުނެވެން ނެތީ ކަމަށާއި އޮފިޝަލް ސްޓޭޓްމަންޓެއް އަންނަ މަހު ނެރޭނެ ކަމަށެވެ.

އަންނަ އަހަރަށް ފަރާގެ އުފެއްދުމެއް ސްކްރީނަށް ގެންނާނެ ކަމަށް ބުނެފައިވާއިރު މިއީ އަމީތާބް ބަޗަން އާއި ހެމާ މާލިނީ ކުޅުނު ފިލްމު "ސައްތޭ ޕެ ސައްތާ" ގެ ރީމޭކް ކަމަށް ވަނީ ސުވާލު އުފައްދާފަަ އެވެ. ނަމަވެސް މިކަމަކަށް ފަރާގެ ފަރާތުން ސީދާ ޖަވާބެއް ނުދެ އެވެ.

ފަރާ ބުނި ގޮތުގައި މިހާރު އަންނަނީ އެ ފިލްމުގެ ތަައްޔާރީތައް ވަމުންނެވެ. އެގޮތުން މިއުޒިކް ހެދުމާއި ކާސްޓުން ހަމަޖެއްސުމުގެ މަސައްކަތުގައި ވަރަށް ބިޒީ އެވެެ. އަދި ފިލްމުގަސި ފަރާ އާއެކު މަސައްކަތް ކުރާ ރޯހިތު ޝެޓީއާއެކު ފިލްމުގެ ތަފްސީލުތައް ވީ އެންމެ އަަވަހަކަށް ހިއްސާ ކުރާނެ ކަމަށް ވެސް ބުންޏެވެ.

ފިލްމު ނެރޭނެ ދުވަހަކީ ކޮން ދުވަހެއްތޯ އެހުމުން ޖަވާބުގައި އަންނަ އަހަރު ފަހުކޮޅު ނެރޭނެ ކަމަށް ފަރާ ބުނެފައި ވެ އެވެ.

މި ފިލްމުގައި ފަރާއާއެކު މަސައްކަތް ކުރާނީ، ޕްރޮޑިއުސަރު ރޯހިތު ޝެޓީ އެވެ. ފަރާ އަދި ރޯހިތު އެކުގައި ވަނީ ބޮލީވުުޑް ގިނަ ފިލްމުތަކެއް އުފައްދާފަ އެވެ. އެގޮތުން، 2017 ގައި ނެރުނު "ޕޯސްޓާ ބޯއިސް" ފާހަގަ ކޮށްލެވެ އެވެ.