އެމްއެންޑީއެފް

ޗޮޑް ކޮންފަރެންސްގައި، ޗީފް އޮފް ޑިފެންސް ބައިވެރިވެވަޑައިގެންފި

ތައިލެންޑުގެ ވެރިރަށް ބެންކޮކުގައި މިއަދުގެ ނިޔަލަށް ކުރިއަށް ގެންދާ އިންޑޯ ޕެސިފިކް އޮފް ޑިފެންސް (ޗޮޑް) ކޮންފަރެންސްގައި ޗީފް އޮފް ޑިފެންސް ފޯސް މޭޖާ ޖެނެރަލް އަބްދުﷲ ޝަމާލު ބައިވެރިވެ ވަޑައިގެންފި އެވެ.

ޗޮޑް ކޮންފަރެންސް ފަށާފައިވަނީ މިމަހު 26 ވަނަ ދުވަހު އެވެ. މި ކޮންފަރެންސްގައި 33 ގައުމެއްގެ ޗީފް އޮފް ޑިފެންސުން ވަނީ ބައިވެރިވެފައި ވެއެވެ. މި ކޮންފަރެންސްގެ ތެރެއިން ޝަމާލް ވަނީ އޮސްޓްރޭލިއާގެ ޑިފެންސް ފޯސްގެ ޗީފް ޖެނެރަލް އެންގަސް ކޭމްޕްބެލްއާ ބައްދަލު ކުރައްވައި ދެ ގައުމުގެ މެދުގައި އޮތް އަސްކަރީ ގުޅުން އިތުރަށް ބަދަހި ކުރެވޭނެ ގޮތްތަކާއި ބެހޭގޮތުން މަޝްވަރާ ކުރައްވާފަ އެވެ.

ބެންކޮކުގައި ކުރިއަށްދާ ޗޮޑް ކޮންފަރެންސް ނިންމާލުމަށް ފަހު ދެން ޝަމާލް ވަޑައިގަންނަވާނީ ސްރިލަންކާއަށެވެ. ސްރިލަންކާއަށް ޝަމާލް ވަޑައިގަންނަވަނީ މާދަމާ ސްރިލަންކާގެ ވެރިރަށް ކޮލަމްބޯގައި ފެށުމަށް ހަމަޖެހިފައިވާ ދަ ކޮލަމްބޯ ޑިފެންސް ސެމިނާގައި ބައިވެރިވެ ވަޑައިގަތުމަށެވެ.