ރާއްޖެ ކުޅިވަރު

ބާސްކެޓްގެ ފިރިހެން ޓީމް ފުރަތަމަ މެޗުން ބަލިވެއްޖެ

Aug 2, 2015

އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގައި ގައުމީ ފިރިހެން ބާސްކެޓް ބޯޅަ ފިރިހެން ޓީމް ކުޅުނު ފުރަތަމަ މެޗުން މޮރިޝިއަސްއާ ވާދަކޮށް 60-70 ޕޮއިންޓުން މިއަދު ބަލިވެއްޖެ އެވެ.

ކޮމްޕްލެކްސް ސްޕޯޓްސް މުނިސިޕަލްގައި ކުޅުނު މިމެޗުން ގައުމީ ބާސްކެޓް ޓީމް ބަލިވިކަމުގައި ވީނަމަވެސް އެޓީމްގެ ފަރާތުން މޮޅު ކުޅުމެއްފެނިގެންދިޔަ އެވެ. ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މިމެޗަށްފަހު ގައުމީ ފިރިހެން ބާސްކެޓް ބޯޅަ ޓީމްގެ ކޯޗް އަހުމަދު ނާހިދު ބުނީ ޓީމްގެ ފަރާތުން ފެނުނު ކުޅުމާ މެދު ވަރަށް ހިތްހަމަޖެހޭކަމަށާ މެޗުން ބަލިވިކަމުގައި ވީނަމަވެސް އެކުޅުންތެރިން ވަރަށް ހިތްވަރުކުރިކަމަށެވެ.

މޮރިޝިއަސް ޓީމްގެ ނައިޖީރިއާގެ ކޯޗް މުހައްމަދު ބުނީ ރާއްޖޭއަކީ ވަރަށް ސަޕްރައިޒިން ޓީމެެއްކަމަށާއި ހާއްސަކޮށް މިހާ މޮޅު ކުޅުމެއް ރާއްޖޭގެ ޓީމްގެ ފަރާތުން ފެންނާނެކަމަށް ކުރިން އުއްމީދުވެސް ނުކުރާ ކަމަށެވެ. މެޗުން ރާއްޖެ ބަލިވީ ރާއްޖޭގެ ކުޅުންތެރިން ކުރުވުމުގެ ސަބަބުންކަމަށްވެސް މޮރިޝިއަސް ޓީމްގެ ކޯޗް މުހައްމަދު ބުންޏެވެެ.

މިމުބާރާތުގައި ރާއްޖޭގެ ގައުމީ ބާސްކެޓް ޓީމް ކުޅުމަށް ހަމަޖެހިފައިވާ ދެވަނަ މެޗްގައި މާދަމާ ނިކުންނާނީ މުބާރާތް ބައްވާ ގައުމްކަމުގައިވާ ރީޔޫނިއަންއާ ދެކޮޅަށެވެ.