ދުނިޔެ

ޝަންހާއީގައި އާ އަހަރު ފާހަގަކުރުމުގެ ތެރޭ މީހުން ތޮއްޖެހި 53 މީހަކު މަރުވެއްޖެ

Jan 1, 2015

އާ އަހަރު ފާހަގަކުރުމަށް ރޭ ޝަންހާއީގައި ބޭއްވި ހަރަކާތްތަކުގައި މީހުން ގިނަވެ ފިތި ބާރުވުމުގެ ސަބަބުން 35 މީހަކު މަރުވެ 42 މީހަކު ޒަހަމްވެއްޖެ އެވެ.

ޗައިނާގެ ގައުމީ މީޑިއާ އިން ބުނީ މި ހާދިސާ ހިނގާފައި ވަނީ ޝަންހާއީގެ ބަންޑް ޑިސްޓްރިކްޓުގެ ޗެންޔީ ސްކްއާގައި ކަމަށެވެ. އާ އަހަރުގެ ހަރަކާތްތައް ބަލައިލުމަށް މި ސަރަހައްދަށް ރޭ އެތައް ހާސް ބަޔަކު ވަނީ ޖަމާވެފަ އެވެ.

ސޯޝަލް މީޑިއާގައި މީހުން އާންމުކޮށްފައިވާ ފޮޓޯތަކުން ފެންނަ ގޮތުުގައި މި ހާދިސާ އަށް ފަހު އަނިޔާވި މީހުންނަށް މަގުމަތީގައި ބައިތިއްބައިގެން ވެސް ދިޔައީ ފަރުވާ ދެމުންނެވެ.

"އެ ތަނުގައި ވަރަށް މީހުން ގިނަ. މިކަން ހިނގުމާ އެކު ކޮންމެ މީހަކު ވެސް ބެލީ ސަލާމަތް ވެވޭނެ ގޮތެއް ހޯދަން. މީހުންތައް ދިޔައީ ރޮއެ ހަޅޭއް ލަވަމުން،" މީހުންތަކުގެ ތެރެއިން ސަލާމަތްވި މީހަކު ބީބީސީ އަށް ބުނެފައިވެ އެވެ.

ޝަންހާއީ ނޫހުގައި ބުނެފައި ވަނީ މި ހާދިސާ ހިނގި ތަނަކީ މިދިޔަ އަހަރު ވެސް އާ އަހަރު ފާހަގަކުރުމަށް ގާތްގަނޑަކަށް 300000 މީހުން ޖަމާވި ތަނެއް ކަމަށެވެ. ފުލުހުން ބުނީ ރޭގެ ހާދިސާގައި މަރުވި މީހުންގެ ތެރޭގައި ޓޫރިސްޓުން ވެސް ހިމެނޭ ކަމަށެވެ. -- ބީބީސީ