އައްޑު އަތޮޅު ހިތަދޫން ސައިކަލެއްގައި ދިޔަ މީހަކު ހިލަތަކެއްގެ މައްޗަށް ވެއްޓި އަނިޔާ ވެގެން އޭނާއަށް ރީޖަނަލް ހޮސްޕިޓަލްގެ އައިސީޔޫގައި ފަރުވާ ދޭން ފަށައިފި އެވެ.
ފުލުހުން ބުނީ މިއަދު ހެނދުނު 8:00 ޖެހި އިރި ހިތަދޫ ޕޯޓް ސަރަހައްދުން ސައިކަލެއްގައި ދަތުރު ކުރި އެ މީހާއަށް އަނިޔާވެފަ ވަނީ އެ ރަށުގެ މޫދާ ކައިރީގައި ހުރި ހިލަތަކެއްގެ މައްޗަށް ވެއްޓިގެން ކަމަށާއި އޭނާއަށް ފަރުވާ ދެމުން އަންނަ އިރު ހާލު ސީރިއަސް ކަމަށެވެ.
އިތުރު ފަރުވާއަށް އެ މީހާ މާލެ ގެނައުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ވެސް ބުނެފައި ވެއެވެ.