މޯލްޑިވްސް ޕޮލިސް ސާވިސް

ފުލުހަކާ ގުޅޭ ވާހަކަތައް ދޮގުކޮށްފި

މައްސަލަ ހިނގި ކަމަށް ބުނާ ސަރަހައްދުގައި ފުލުހުން ހަރަކާތްތެރިވަނީ
0%
0%
0%

އައްޑޫ ސިޓީގައި ފުލުހަކު ކުޑައަންހެން ކުއްޖަކު ކޮޓަރިއަކަށް ވައްދައިގެން އުޅުނު ކަމަށް ބުނެ ފަތުރާ ވާހަކަތައް ފުލުހުން ދޮގުކޮށްފި އެވެ.

އައްޑޫ ސިޓީ ހިތަދޫގައި ރޭ ފުލުހަކު ކުޑަ އަންހެން ކުއްޖެއް ގޮވައިގެން ކޮޓަރިއަކަށް ވަދެފައިވާ ކަަމަށް ބުނެ ސޯޝަލް މީޑިއާގައި ވަނީ އެ ފުލުސް މީހާގެ ފޮޓޯ ޖަހައި ފަލީހަތްކޮށްފަ އެވެ.

މިކަމެއް ހިނގި ސަރަހައްދަށް ބައެއް އާންމުން އެއްވެ އަޑުގަދަވެސް ކުރި އެވެ. އަދި އެތަނުގައި ހަމަނުޖެހުމެއް ހިނގާފާނެތީ ފުލުހުންވެސް އެ ސަރަހައްދަށް ދިޔަ އެވެ.

މިކަމާ ގުޅިގެން ފުލުހުން އަވަސްއާ ސުވާލުކުރުމުން ފުލުހުން ބުނީ އެފަދަ އެއްވެސް މައްސަލައެއް ދިމާވެފައި ނުވާ ކަމަށެވެ.

ފުލުހުން ބުނި ގޮތުގައި އެ މައްސަލައާ ގުޅިގެން ޝަކުވާތަކެއް ލިބުނު ކަމަށާއި އެކަން ތަހުގީގުކުރުމަށް ފުލުހުންވެސް އެތަނަށް ދިޔަ ކަމަށެވެ. ނަމަވެސް އަޑުތައް އަރައިގެން ދިޔަ ޒާތުގެ ކަމެއް ހިނގާފައިނުވާ ކަމަށާއި ސޯޝަލް މީޑިއާގައި ދައުރުވާ ވާހަކަތަކަކީ ހަގީގަތެއް ނޫން ކަމަށްވެސް ބުނެފައިވެ އެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345