އައްޑޫ ސިޓީ

ހިތަދޫ މީޑިއާ ސެންޓަރުން ވައްކަންކޮށްފި

ހިތަދޫ މީޑިއާ ސެންޓަރު ތެރޭގައި ވައްކަން ކުރި މީހާ ހަރަކާތްތެރިވާ މަންޒަރު
0%
0%
0%

އައްޑޫ ސިޓީ ހިތަދޫގައި ހުންނަ ޕީއެސްއެމްގެ މީޑިއާ ސެންޓަރު ފަޅާލައިގެން ވައްކަންކޮށްފި އެވެ.

މި މައްސަލަ ފުލުހުންނަށް ރިފޯޓު ކޮށްފައިވަނީ އިއްޔެގެ ވަގުތެއްގަ އެވެ. ވަގަށް ގެންދިޔަ ތަކެތީގެ މައުލޫމާތާއި ތަނަށް ދީފައިވާ ގެއްލުމާ ގުޅޭ އެއްވެސް މައުލޫމާތެއް ލިބިފައެއް ނުވެ އެވެ.

ހިތަދޫ މީޑިއާ ސެންޓަރަށް ވަދެ، މީހަކު ވައްކަން ކުރާ މަންޒަރު ފެންނަ ވީޑިއޯއެއް ސޯޝަލް މީޑިއާގައި ދައުރުވަމުން ވެސް އެބަދެ އެވެ.

ފުލުހުން ބުނީ މައްސަލަ ތަހުގީގުކުރަމުންދާ ކަމަށެވެ. ނަމަވެސް މީހަކު ހައްޔަރުކުރި ކަމަކަށް ބުނެފައެއް ނުވެ އެވެ.

ފަސް އަހަރު ވަންދެން ބަންދުކޮށްފައި ބެހެއްޓުމަށްފަހު އައްޑޫ ސިޓީގެ މީޑިއާ ސެންޓަރު ހުޅުވާފައިވަނީ 2016 ވަނަ އަހަރުގެ ނޮވެމްބަރުގަ އެެވެ.

1 comment
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345