ސ. ހިތަދޫގައި ފޭރުމަށް ފަހު ފިލަން އުޅުނު މީހަކަށް އަނިޔާވެއްޖެ އެވެ.
ފުލުހުން ބުނީ ހިތަދޫގައިި ފިހާރައެއްގެ ގާޑެއްގެ އަތުން ފޭރެން އުޅުނު ކަމުގެ މައްސަލައެއް ރޭ ދަންވަރު ރިޕޯޓްކުރި ކަމަށެވެ.
ފޭރުމަށް ފަހު ސައިކަލުގައި ފިލަން އުޅުމުން ބަޔަކު އެ މީހާ ފަހާ ދުވުމުން މާ ބާރަށް ސައިކަލުގައި ދާން އުޅުމުގެ ތެރޭގައި ސައިކަލާއެކު ވެއްޓި އަނިޔާވެގެން އައްޑޫ އިކުއަޓޯރިއަލް ހޮސްޕިޓަލަށް ގެންދިޔަ ކަަމަށެވެ.
ފޭރުނު މީހާއަށް ސީރިއަސް އަނިޔާއެއް ނުލިބޭ ކަމަށް ވެއެވެ.
ފުލުހުން ބުނީ މައްސަލަ އިތުރަށް ތަހުގީގު ކުރަމުން އަންނަ ކަމަށެވެ.