ހަބަރު

ފިހާރައެއް ފަޅާލައި ވައްކަން ކުރި ދެ މީހަކު ހައްޔަރުކޮށްފި

އައްޑު އަތޮޅު ހިތަދޫ ފިހާރައެއް ފަޅާލައި އެ ތަނަށް ވައްކަން ކުރި ދެ މީހަކު ހައްޔަރު ކޮށްފި އެވެ.

ފުލުހުން ބުނީ ހިތަދޫ ޕެޓްރޯލް ކުރަމުން ދަނިކޮށް އެ ރަށުގެ ފިހަރާއެއްގެ ބިއްލޫރިގަނޑު ތަޅާލުމަށްފަހު ފިހާރައަށް ވަދެ ވައްކަން ކުރަން ތިއްބާ ދެ މީހަކު ރޭ ފަތިހު ހައްޔަރު ކޮށްފައިވާ ކަމަށެވެ.

އެ ދެ މީހުން ވަގަށް ނަގައިގެން ގެންދަން އުޅުނީ 32 ފޯނާއި، ދެ އައިޕެޑްއާއި، 11 ގޭމް ސީޑިއާއި، އެޕަލް ވޮޗަކާއި ހެޑްސެޓަކާއި 27 ސްކްރީން ޕްރޮޓެކްޓަރެވެ.