ހަބަރު

އައްޑޫ އެޗްއާރްސީއެމް އޮފީހުން ވައްކަންކޮށްފި

އައްޑޫ ސިޓީގައި ހުންނަ ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރްސީއެމް) ގެ އޮފީސް ފަޅާލައި ބައެއް ތަކެތި ވަގަށް ނަގައިފި އެވެ.

ފުލުހުން ބުނީ އައްޑޫސިޓީ ހިތަދޫގައި ހުންނަ އެޗްއާރްސީއެމްގެ އޮފީހުން ވައްކަން ކޮށްފައިވާ މައްސަލައެއް މިއަދު ހެނދުނު ރިޕޯޓު ކޮށްފައިވާ ކަމަށެވެ. އަދި މިހާތަނަށް ބެލި ބެލުމުން ބައެއް ލިޔެކިޔުންތަކާއި ދެ ލެޕްޓޮޕާއި ޑީވީއާރް އެއް ވަގަށް ގެންގޮސްފައި ވެއެވެ.

މިމައްސަލައިގައި މިހާތަނަށް މީހަކު ހައްޔަރު ކޮށްފައިނުވާއިރު ފުލުހުން ދަނީ މި މައްސަލަ ތަހްގީގު ކުރަމުންނެވެ.