ހަބަރު

މެރިން ރިސާޗް ސެންޓަރުގެ ނަން ރައީސް ބަދަލުކުރައްވައިފި

ފިޝަރީޒް މިނިސްޓްރީގެ ދަށުން ހިންގާ މެރިން ރިސާޗު ސެންޓަރުގެ ނަން މެރިން ރިސާޗު އިންސްޓިޓިއުޓްގެ ނަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ބަދަލު ކުރައްވައިފި އެވެ.

މޯލްޑިވްސް މެރިން ރިސާޗު އިންސްޓިޓިއުޓަށް އެ އިދާރާގެ ނަން ރައީސް ބަދަލު ކުރެއްވީ ގާނޫނު އަސާސީގެ 116 ވަނަ މައްދާގެ ދަށުން އެމަނިކުފާނަށް ލިބިވަޑައިގަންނަވާ އިހުތިޔާރުގެ ދަށުން މިދިޔަ ބުރަސްފާތި ދުވަހުގަ އެވެ. އަދި އެ ތަނުގެ ބައެއް މަސައްކަތްތަކެއް ވެސް ބަދަލު ގެނެސްފައިވާ ކަމަށް ރައީސް އޮފީހުން ބުންޏެވެ.

މެރިން ރިސާޗު އިން ކުރާ މަސައްކަތްތައް

  • - ކަނޑާއި އެ މާހައުލުގައި އުޅޭ ދިރުންތަކާ ގުޅޭ ސައިންޓިފިކް މައުލޫމާތު އެއްކުރުމަށްޓަކައި ގުޅުން ހުރި ދިރާސާތައް ކުރުން
  • - ކަނޑުގައި އުޅޭ ދިރުން ހުރި ތަކެތީގެ މައުލޫމާތު އެއްކުރުމާއި އެ ދިރުންތަކުގެ ސްޕެސިމަން އެއްކޮށް ބެލެހެއްޓުން
  • - ކަނޑުގެ މާހައުލުން މަދުވަމުންދާ ބާވަތްތަކާއި، ނެތިދާނެ ކަމުގެ ބިރު އޮތް ބާވަތްތަކާއި ކަނޑުގެ ދުޅަހެޔޮކަމަށް މުހިންމު ބާވަތްތައް ދެނެގަނެ، އެ ތަކެތި ރައްކާތެރިކޮށް ދެމެހެއްޓުމަށް އަޅަންޖެހޭ ފިޔަވަޅުތަކުގެ އިރުޝާދު ދިނުން
  • - ރާއްޖޭގައި ކުރެވޭ ތަފާތު ބާވަތުގެ މަސްވެރިކަން ކުރަނީ ހިފާ މަހުގެ ބާވަތްތަކުގެ އާބާދީއަށާއި އެ ތަކެތި އުޅޭ މާހައުލަށް ގެއްލުންވާ ގޮތަށް ކަން ޔަގީން ކުރުމަށް ކުރަން ޖެހޭ ދިރާސާ ކުރުން
  • - ސެންޓަރުން ކުރާ ދިރާސާތަކުގެ އަލީގައި ފިޝަރީޒް މިނިސްޓްރީއަށް ފަންނީ ލަފާ ދިނުމާއި މަސްވެރިކަމުގެ ތަފާސްހިސާބުތަކަކީ އެކަށޭނަ ހިސާބުތަކަށް ހެދުމަށް ބޭނުންވާ ލަފާ ދިނުން
  • - ކަނޑުތަކުގެ ވަސީލަތްތައް ދެމެހެއްޓެނިވި ގޮތެއްގައި ބޭނުން ކުރެވޭކަން ކަށަވަރު ކުރަން، އިކޯސިސްޓަމް ބޭސްޑް މެނޭޖްމަންޓަށް ބޭނުންވާ ސިޔާސަތުތައް އެކަށައެޅުން
  • - ރާއްޖޭގައި މެރިކަލްޗާގެ ސިނާއަތެއް ގާއިމު ކުރުމަށް ބޭނުންވާ ދިރާސާތައް ކުރުމާއި، މެރިކަލްޗާގެ ދާއިރާ ތަރައްގީ ކުރާނެ ގޮތުގެ ފަންނީ ލަފާ ދިނުން
  • - މަސްވެރިކަމާއި، މެރިކަލްޗަރާއި، ފަރުތަކާ ގުޅޭ ބައިނަލްއަގްވާމީ ޖަމްއިއްޔާތަކުގެ މަސައްކަތްތަކުގައި ބައިވެރިވެ، މިފަދަ ޖަމްޢިއްޔާތަކަށް ބޭނުންވާ މައޫލޫމާތު ފޯރުކޮށްދިނުން