ވިޔަފާރި

ސަރުކާރު ކުންފުނިތަކުގެ ބޭކާރު ހަރަދު ކުޑަކުރަން ލަފާ ދީފި

Sep 3, 2019
4

ސަރުކާރު ކުންފުނިތަކުން ކުރާ ބޭކާރު ހަރަދު ކުޑަކުރަން، ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑް (ޕީސީބީ) އިން ލަފާ ދީފި އެވެ.

ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ މިދިޔަ އަހަރުގެ މާލީ ހިސާބުތައް ދިރާސާ ކުރުމަށްފަހު ޕީސީބީ ބުނެފައިވަނީ މިދިޔަ އަހަރު މާލީ ގޮތުން ކުރިއެރުން ތަކެއް ހޯދާފައިވާ ކުންފުނިތަކަކީ މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) އާއި އެމްޑަބްލިއުއެސްސީ އަދި އެމްއޭސީއެލް އާއި ބީއެމްއެލް އަދި އެޗްޑީއެފްސީގެ އިތުރުން ދިރާގާއި ސްޓެލްކޯ އަދި އެމްޓީޑީސީ ކަމަށެވެ.

ޕީސީބީ އިން ވަނީ ބައެއް ކުންފުނިތަކުގެ މާލީ ހާލަތު ހުރި ގޮތުގެ މައްޗަށް ބަލާލާފަ އެވެ. ގޮތުގައި އެސްޓީއޯގެ ހަރަދުތައް ބޮޑުވުމާއި އެ ކުންފުނިން ހުޅުމާލޭގައި ހަދާފައިވާ ހޮޓަލުގެ ސަބަބުން ކުންފުންޏަށް މިދިޔަ އަހަރު ގެއްލުންވެފައިވާ ކަމަށް ބުނެފައިވެ އެވެ. އަދި ހުޅުމާލެ- ބްރިޖު އެޅުމުގެ ސަބަބުން އާއްމު ދަތުރުފަތުގެ ދާއިރާ އިން އެމްޓީސީސީ އަށް ލިބެމުންދާ ގެއްލުތަކާއެކު އެ ކުންފުނީގެ ފައިދާ ދަށްވެފައިވާ ކަމަށް ވެސް ބުނެފައިވެ އެވެ.

ޕީސީބީ އިން ވަނީ ކުންފުނި ތަކުން ކުރާ ބޭކާރު ހަރަދުތައް ކުޑަ ކުރުމުގެ އިތުރުން، މުސާރައިގެ އޮނިގަނޑު ރިވައިސް ކުރަން ވެސް ލަފާ ދީފަ އެވެ.

ސަރުކާރު ކުންފުނިތަކުން ކުރަމުން ގެންދާ ބޭކާރު ހަރަދުތަކާއި ހިންގުމުގެ އޮނިގަނޑުގައި ހުރި މައްސަލަތަކުގެ ސަބަބުން ގެއްލުން ވަމުންދާ ކަމަށް ޕީސީބީ އިން މީގެ ކުރިން ވެސް ބުނެފައިވެ އެވެ.