ވިޔަފާރި

ސީއެމްޑީއޭ ސީއީއޯ ނާދިޔާ އިސްތިއުފާ ދެއްވައިފި

Sep 2, 2019
1

ކެޕިޓަލް މާކެޓް ޑިވަލޮޕްމަންޓް އޮތޯރިޓީ (ސީއެމްޑީއޭ) ގެ ޗީފް އެގްޒެކެޓިވް އޮފިސަރު (ސީއީއޯ) ގެ މަގާމުގައި ހުންނެވި ނާދިޔާ ހަސަން އިސްތިއުފާ ދެއްވައިފި އެވެ.

ސީއެމްޑީއޭ އިން ބުނީ މިދިޔަ މަހުގެ 29 ވަނަ ދުވަހު ނާދިޔާ ސީއީއޯގެ މަގާމުން އިސްތިއުފާ ދެއްވާފައިވާ ކަމަށެވެ. ނަމަވެސް ނާދިޔާ އިސްތިއުފާ ދެއްވި ސަބަބެއް ސީއެމްޑީއޭ އިން ނުބުނެ އެވެ.

ނާދިޔާ އިސްތިއުފާ ދެއްވުމާއި ގުޅިގެން ރާއްޖޭގެ މާލީ ސެކިއުރިޓީޒްއާ ބެހޭ ގާނޫނުގެ ދަށުން އެކްޓިން ސީއީއޯގެ ގޮތުގައި ވަގުތީ ގޮތުން ހިންގުމުގެ މަސްއޫލިއްޔަތު އަދާ ކުރައްވާނީ ޑިރެކްޓަރު ޖެނެރަލް ހެޑް އޮފް މާކެޓިން ޑިޕާޓްމަންޓް ފާތުމަތު އަބްދުﷲ ކަމާލުއްދީނެވެ.

ރާއްޖޭގެ މާލީ ސެކިއުރިޓީޒްއާބެހޭ ގާނޫނުގެ ދަށުން ސީއެމްޑީއޭ އުފައްދާފައިވަނީ 2006 ވަނަ އަހަރު އެވެ.