ހަބަރު

ކާރެއް ކޮންޓްރޯލުން ނެއްޓި މޫދަށް ވެއްޓިއްޖެ

ގދ. ތިނަދޫގައި ކާރެއް ކޮންޓްރޯލުން ނެއްޓިގެން މޫދަށް ވެއްޓިއްޖެ އެވެ.

ފުލުހުން ބުނީ މިއަދު ހަވީރު 4:15 ހާއިރު ތިނަދޫ އުތުރު ފަރާތު ހިއްކި ސަރަހައްދަށް ކާރު ވެއްޓުނީ ކާރު ރިވާސްގައި ބައިންދާފަ އޮޅިގެން ބްރޭކް ޕެޑަލް ކަމަށް ހީކޮށް ރޭސް ޕެޑަލް އަށް އޮއްބާލުމުން ކަމަށެވެ.

ކާރު ވެއްޓުނު އިރު ކާރުގައި ދެ މީހުން ތިބި ކަމަށާއި މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ނުލިބޭ ކަމަށްވެސް ފުލުހުން ބުންޏެވެ. އަދި ބުނީ ކާރު ދުއްވަން އިނީ 18 އަހަރުގެ ފިރިހެނެއް ކަމަށާއި އެއީ ލައިސަންސް އޮންނަ މީހެއް ކަމަށެވެ. އެ ކާރު މިހާރު ވަނީ މޫދުން ނަގާފަ އެވެ.