އަލިފާން

ތެޔޮ އަޅަން އުޅެނިކޮށް ރޯވެ މީހަކަށް އަނިޔާވެއްޖެ

ގދ. ތިނަދޫގައި ތެޔޮ ބޯޓަކުން ޓޭންކަކަށް ތެޔޮ އަޅަން އުޅެނިކޮށް އަލިފާން ރޯވެ މީހަކަށް އަނިޔާވެއްޖެ އެވެ.

ހާދިސާގައި އަނިޔާވި މީހާއަށް ތިނަދޫ ޑރ. އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލު (އޭއެސްއެމްއެޗް)ގައި ފަރުވާ ދެމުންދާއިރު އެ މީހާއަށް ލިބުނު އަނިޔާގެ ތަފުސީލެއް އަދި ނުލިބެ އެވެ.

ތިނަދޫ އިން ވާހަކަ ދެއްކި މީހަކު ބުނި ގޮތުގައި އަލިފާން ރޯވީ ބޯޓުން ޓޭންކަށް ތެޔޮ އަޅަން އުޅުމުގެ ތެރޭގައި ތެޔޮ ޕަމްޕުގެ ހޮޅީގައި ރޯވެގެންނެވެ.

މި ހާދިސާގައި ބޯޓުގައި އަލިފާން ރޯވި ނަމަވެސް އަލިފާން ފެތުރުމުގެ ކުރިން ނިއްވާލާފައިވާ ކަމަށް އެ ރަށުން ވާހަކަ ދެއްކި މީހާ ބުންޏެވެ.