ގދ. ތިނަދޫގައި ގާއިމުވެ މަސައްކަތް ކުރަމުން އައި ފުލުހެއްގެ ސައިކަލެއްގައި ރޯކޮށް އަންދާލި މައްސަލެއްގައި ތިން މީހަކު ހައްޔަރު ކޮށްފި އެވެ.
ފުލުހުންގެ އިދާރާއިން މިއަދު އާންމު ކުރި މެސެޖެއް މެދުވެރިކޮށް ބުނީ ތިނަދޫގައި މަސައްކަތް ކުރަމުން އައި ފުލުހެއްގެ ސައިކަލް ރޯކޮށްލި މައްސަލައެއް ބަލަން ފެށީ މި މަހުގެ 15 ވަނަ ދުވަހުގެ ހެނދުނު ކަމަށާއި އެ ސައިކަލުގައި ރޯކޮށްލާފައި ވަނީ ފުލުސް މީހާ ދިރިއުޅޭ ގޭގެ ކައިރީގައި ޕާކް ކޮށްފައި ހުއްޓާ ނަގައި އެ ރަށު ހުޅަނގު ފަރާތު އަތިރި މައްޗަށް ގެންގޮސްގެން ކަމަށެވެ.
ހުޅު ޖަހައި ރޯ ކޮށްލުމުގެ ސަބަބުން އެ ސައިކަލް ވަނީ ބޭނުން ނުކުރެވޭ ވަރަށް އަނދާ ހުލިވެފަ އެވެ.
އެ މައްސަލައިގެ ތުހުމަތަށް ތިން މީހަކު ހައްޔަރު ކޮށްފައިވާއިރު ކޯޓު އަމުރަކުން ދިވެހި ތިން ފިރިހެނުން ވެސް ހައްޔަރުކޮށްފައިވާއިރު ދެ މީހުން ހައްޔަރު ކުރީ މިއަދު އެވެ. އަނެއް މީހާ އިއްޔެ އެވެ.