މޯލްޑިވްސް ޕޮލިސް ސާވިސް

ތަނެއްގައި އަލިފާން ރޯކޮށްލި މީހަކު ހައްޔަރުކޮށްފި

ތަނެއްގައި ގަސްދުގައި އަލިފާން ރޯކުރުމުގެ ކުށުގައި މީހަކު ހައްޔަރުކޮށްފި އެވެ.

މިމައްސަލައާއި ގުޅިގެން މާލެ އިން ހައްޔަރުކޮށްފައިވަނީ އުމުރުން 26 އަހަރުގެ ދިވެހި ފިރިހެނެކެވެ.

މި މީހާގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ކްރިމިނަލް ކޯޓުން ވަނީ މި މީހާގެ ބަންދަށް ފަސް ދުވަސް ދީފަ އެވެ.

ކޯޓުގައި މި މީހާ ބުނެފައިވަނީ ކޮޓަރިއެއްގައި އަލިފާން ރޯކުރީ ޑިޒައިނެއް ހެދުމުގެ ގޮތުން ކަމަށެވެ.

ފުލުހުން ކޯޓުގައި ބުނީ ހާދިސާ ހިނގި ތަނަށް ފުލުހުން ދިޔައިރު ކަރުދާސްތަކެއްގައި ރޯކޮށްލާފައި ހުރި ކަމަށެވެ. އަދި ތުހުމަތުކުރެވޭ މީހާ އެތަނަށް ގެނެސް ސުވާލުކުރުމުން އަލިފާން ރޯކުރި ކަމަށް އޭނާ އެއްބަސްވި ކަމަށެވެ.

މައްސަލަ އާއި ގުޅިގެން ހައްޔަރުކުރި މީހާގެ ކުށުގެ ރެކޯޑު ހުރުމުން އޭނާގެ ބަންދަށް މުއްދަތު ޖެހިއިރު ގާޒީ ވަނީ އެކަމަށް ރިއާޔަތްކޮށްފަ އެވެ.