މޯލްޑިވްސް ޕޮލިސް ސާވިސް

ސައިިކަލުތަކެއްގައި ރޯކޮށްލި މައްސަލައިގައި މީހަކު ހައްޔަރުކޮށްފި

މެދުޒިޔާރަތް މަގު ހޮޓެލް ޖެން ކައިރީގައި ޕާކްކޮށްފައި ހުރި ސައިިކަލުތަކެއްގައި ރޯކޮށްލުމުން ގެއްލުންވެފަ -- ފޮޓޯ: އަދަދު
0%
66.7%
33.3%

މެދުޒިޔާރަތް މަގު ހޮޓެލް ޖެން ކައިރީގައި ޕާކްކޮށްފައި ހުރި ސައިިކަލުތަކެއްގައި އަލިފާން ރޯކޮށްލި މައްސަލައިގައި މީހަކު ހައްޔަރުކޮށްފި އެވެ.

މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ އުމުރުން 36 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށް ފުލުހުން ބުނެ އެވެ.

އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން 30 ދުވަހަށް ބަންދުކުރުމަށް މިއަދު އަމުރުކޮށްފައިވާ ކަމަށްވެސް ފުލުހުން ވަނީ ބުނެފަ އެވެ.

ސައިކަލުތަކުގައި ރޯކޮށްލި ކަމުގެ މައުލޫމާތު ފުލުހުންނަށް ރިޕޯޓްކޮށްފައިވަނީ ހޯމަ ދުވަހުގެ ރޭ 3:03 ހާއިރު އެވެ.

މި ހާދިސާގައި ހަތް ސައިކަލަކާއި ވޭނަކަށް ގެއްލުން ލިބިފައިވާ ކަމަށް ފުލުހުން ބުނެ އެވެ.

ފުލުހުން ބުނި ގޮތުގައި މީގެ ތެރެއިން ތިން ސައިކަލެއް ވަނީ ބޭނުން ނުކުރެވޭ ވަރަށް އަނދާފަ އެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345