މޯލްޑިވްސް ޕޮލިސް ސާވިސް

ޕާކްކޮށްފައި ހުރި ސައިކަލުތަކެއްގައި ރޯކޮށްލައިފި

މެދުޒިޔާރަތް މަގު ހޮޓެލް ޖެން ކައިރީގައި ޕާކްކޮށްފައި ހުރި ސައިިކަލުތަކެއްގައި އަލިފާން ރޯކޮށްލައިފި އެވެ.

ފުލުހުން ބުނީ މި ހާދިސާގެ މައުލޫމާތު ލިބުނީ ރޭ 3:03 ހާއިރު ކަމަށެވެ.

އަލިފާން ރޯކޮށްލުމާއި ގުޅިގެން ހަތް ސައިކަލަކާޢި ވޭނަކަށް ގެއްލުން ލިބިފައިވާ ކަމަށް ފުލުހުން ބުނެ އެވެ.

ފުލުހުން ބުނި ގޮތުގައި މީގެ ތެރެއިން ތިން ސައިކަލެއް ވަނީ ބޭނުން ނުކުރެވޭ ވަރަށް އަނދާފަ އެވެ.

މި މައްސަލައާ ގުޅިގެން މިހާތަނަށް މީހަކު ހައްޔަރުކޮށްފައި ނުވި ނަމަވެސް ތުހުމަތު ކުރެވޭ މީހާ ދެނެގަނެވި އޭނާ ހައްޔަރުކުރުމަށް ކުރަންޖެހޭ ކަންކަން ކުރަމުންދާ ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.