ގދ. ތިނަދޫ

ތިނަދޫގައި ބިދޭސީއަކު މަރުވެފައި އޮއްވާ ފެނިއްޖެ

ގދ. ތިނަދޫގައި ބިދޭސީ ފިރިހެނަކު މަރުވެފައި އޮއްވާ ފެނިއްޖެ އެވެ.

ތިނަދޫ ގެއެއްގައި ތެރޭގައި މަރުވެފައި އޮއްވާ ފެނުނީ އުމުރުން 48 އަހަރުގެ މީހެކެވެ.

ފުލުހުން ބުނީ މަރުގެ މިމައްސަލަ ރިޕޯޓްކޮށްފައިވަނީ މިއަދު މެންދުރުފަހު 1:30 ގައި ކަމަށެވެ.

ފުލުހުން ގެންދަނީ ބިދޭސީ މީހާ މަރުވެފައި އޮތް ގޭގައި ހަރަކާތްތެރިވަމުން ކަމަށްވެސް ފުލުހުން މައުލޫމާތު ދީފައިވެ އެވެ.