ރައީސް އިބްރާހިމް މުހައްމަދު ސޯލިހު

ގައުމީ ގުރުއާން މުބާރާތް ކުރިއަށްދާ ގޮތް ރައީސް ބައްލަވާލައްވައިފި

Sep 4, 2019
2

ގުރްއާން ކިޔެވުމުގެ ގައުމީ މުބާރާތުގެ ކިޔެވުން ކުރިޔަށްދާ ގޮތް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ސޯލިހު މިއަދު ބައްލާވާ ލައްވައިފި އެވެ. މިހާރު ކުރިޔަށް ދަނީ 33 ވަނަ ގައުމީ ގުރުއާން މުބާރާތެވެ.

ރައީސް އޮފީހުން ބުނީ ގުރްއާން ކިޔެވުމުގެ ގައުމީ މުބާރާތުގެ ކިޔެވުން ހިނގަމުންދާ އިސްލާމީ މަރުކަޒަށް ރައީސް މިއަދު ހަވީރު ކުރެއްވި ޒިޔާރަތުގައި މުބާރާތުގެ އިންތިޒާމުތައް ހަމަޖެހިފައިވާ ގޮތް އޮޅުންފިލުއްވައި އެވަގުތު މުބާރާތުގައި ކިޔަވަމުންދިޔަ ކުދިންގެ ކިޔެވުން އަޑުއައްސަވާ ލައްވައި އެކުދިންނަށް ހިއްވަރު ދެއްވާފައިވާ ކަމަށެވެ.

މީގެ އިތުރުން، ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމް ވެސް މިއަދު މެންދުރުފަހު ވަނީ މި މުބާރާތް ހިނގަމުންދާ ގޮތް ބައްލަވާލައްވަން އިސްލާމީ މަރުކަޒަށް ވަޑައިގެންފަ އެވެ.