ހަބަރު

ބްރޯޑްކޮމްއަށް ކުރިމަތިލި ފަރާތްތަކަށް އާންމުންގެ ހިޔާލު ހޯދަނީ

Sep 5, 2019

މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަން (ބްރޯޑްކޮމް) ގެ މެންބަރު ކަމަށް އައްޔަން ކުރަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ފެނިވަޑައިގަންނަވާ 36 ނަމާ ގުޅޭ ގޮތުން އާންމުންގެ ހިޔާލު ހުށަހެޅުމަށް ރައްޔިތުންގެ މަޖިލީހުން ހުޅުވާލައިފި އެވެ.

ބްރޯޑްކޮމަށް ދެ މެންބަރުން އައްޔަން ކުރަނީ އެ ކޮމިޝަނުގެ ކުރީގެ މެމްބަރު އިސްމާއިލް ސޮފްވާން އާއި ހަސަން ނަބާހު މިދިޔަ މެއި މަހު އިސްތިއުފާ ދެއްވާފައިވާތީ އެވެ. އެ ދެ ބޭފުޅުން ކޮމިޝަނުން އިސްތިއުފާ ދެއްވީ، ކޮމިޝަންގެ ވަކިވަކި މެންބަރުންގެ މައްސަލަތައް މަޖިލީހުގެ ކޮމިޓީން ބަލަން ފަށާފައި ވަނިކޮށެވެ.

މަޖިލީހުން އިއްޔެ ބުނީ ބްރޯޑްކޮމްގެ ދެ މާގަމަށް އައްޔަން ކުރުމަށް ރައީސް ސޯލިހް ފޮނުއްވި ނަންތަކާ ގުޅޭ ގޮތުން އާންމުންގެ ޝަކުވާއެއް އޮތްނަމަ، މިމަހުގެ 18 ވަނަ ދުވަހުގެ ކުރިން މަޖިލީހުގެ އިދާރާއަށް ލިޔުމަކުން ފޮނުވޭނެ އެވެ. އަދި މަޖިލީިހުގެ މެއިލް އެޑްރެސްއަށް މެއިލް ކޮށްގެން ވެސް އެކަން ހުށަހެޅޭނެ އެވެ.

ބްރޯޑްކޮމަށް އައްޔަން ކުރަން ފޮނުވި ނަންތައް

  • ޝިފްލާ އިބްރާހިމް، ގ. މަސްއޮޑިގެ
  • މުހައްމަދު ހިލްމީ، ގ.ޑޭޒީފެހި
  • އަހުމަދު ގައިސް، ސަނީޑެއިލް، ގދ. ތިނަދޫ
  • އަލީ ޔޫސުފް، ބާރަނާ، ޅ. ހިންނަވަރު
  • އާމިލާ އާދަމް، މއ. އަޅިފެހި
  • އަހްމަދު ފައިރޫޒް، މއ. ރަސްއައިނު
  • ޖައުފަރު ރަޝީދު، ފަތަކުމާގެ، ފ. ދަރަނބޫދޫ
  • އައިޝަތު ދިޔާނާ ތޯހިރު، ސެވަންސްޓާ، ސ. ހިތަދޫ
  • ސައުދާ ސަލީމް، ރަބީއު މަންޒިލް، ހއ. ހޯރަފުށި
  • ނަފީޒު މުހައްމަދު، ދަފްތަރު ނަންބަރު 14596
  • އަބްދުއް ލަތީފް އަހްމަދު، ދަފްތަރު ނަންބަރު 2345
  • ޔުސްރާ އަހުމަދު، ޖަނބުރޯޒްގެ، ގދ. މަޑަވެލި
  • އަހްމަދު އަޝްރަފް، ވ. މަށިވެލި
  • އަބްދުﷲ ރައްޔާން، ވައްތީނިގެ، ހދ. ކުޅުދުއްފުށި
  • އާއިޝަތު ލީޒާ، ލޯރަލްއާގެ، ނ. ވެލިދޫ
  • އަހްމަދު ޔަމާން މުޝްތާގު، މ. ބިއުޓީން ހައުސް
  • މޫސާ ރިލްވާން، މ. ހާވިލާ
  • އިބްރާހިމް ޝަރީފް، ގ. އަލިޝާ
  • މުއުމިނާ އާދަމް، ގ. ހާފްޝީ
  • އަލީ ސަމްއާން، ދަފްތަރު ނަންބަރު 5312
  • އަހްމަދު މައުރޫފް، ނިއުލައިޓް، ލ. ކަލައިދޫ
  • އައިޝަތު ހުސެއިން މަނިކު، ހ. ރީނދޫކޮކާގެ
  • ފާތިނާ ގާސިމް، ދަފްތަރު ނަންބަރު 4055
  • މުހައްމަދު ޝައްމޫން، މ. ވަސެލް
  • ހިދާޔަތުﷲ، އޯޝަންރީޑް، ގދ. ތިނަދޫ
  • އައިޝަތު ތަޝްކީލް، މއ. ކަނޑުބަލާގެ
  • އިސްމާއިލް ސާޖިދު، މއ. ވިލާރޮނދި
  • މުހައްމަދު ސަނޫން، ނައިޓްވިލާ، ބ. ފެހެންދޫ
  • އަލީ ސައީދު، ބޭބީ ހައުސް، ޅ. ނައިފަރު
  • މުހައްމަދު ސައުޒަމް، ކީސްވިލާ، ރ. އިނގުރައިދޫ
  • އިބްރާހިމް ހަމްޒާ ޚަލީލް، ގ. ސުރުމުތި
  • މުހައްމަދު އިބްރާހިމް މަނިކު، ކުޅިފަސް، ތ. ތިމަރަފުށި
  • މަރިޔަމް ސައާދާ، ނަޝޭމަން، ރ. އުނގޫފާރު
  • އާފިޔާ އަބްދުލް އަޒީޒް، ދަފްތަރު ނަންބަރު 8946
  • އިބްރާހިމް ނަޝީދު، މ. އިރުވައިގެ
  • މުހައްމަދު ފަރުހާދު، ހަސަންކާރިގެ، ސ. ހިތަދޫ